ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްހަވަނަ ޙަދީޘް

ކީރިތި ޤުރުއާނަށް ޢަމަލުކުރުމަކީ ވާޖިބެއް
އަބޫ އުމާމާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«الْقُرْآنُ حُجَّةٌ لَكَ، أَوْ عَلَيْكَ..» الحديث.
މާނައީ: "ޤުރުއާނަކީ ތިބާއަށް ނުވަތަ ތިބާގެ މައްޗަށް ވާ ޙުއްޖަތެކެވެ."
رواه مسلم.
މި ޙަދީޘަކީ ކީރިތި ޤުރުއާނަށް ޢަމަލުކުރުން ވާޖިބުކަމާއި، އެ ފޮތުގެ އަމުރުތަކާއި ނަހީތަކުގައި ހިފަން ޖެހޭކަން ދަލީލުކޮށްދޭ ޙަދީޘެކެވެ. އެ ފޮތަކީ އެ ފޮތުގައިވާ އެއްޗަކަށް ޢަމަލުކޮށް ތަބަޢަވެއްޖެ މީހަކަށްވާ ޙުއްޖަތެކެވެ. އަދި އެ ފޮތުގައިވާ އެއްޗަކަށް ޢަމަލުނުކޮށް ތަބަޢަނުވި މީހުންގެ މައްޗަށްވާ ޙުއްޖަތެކެވެ.
ބައެއް ސަލަފުންގެ ބޭކަލުން ވިދާޅުވިއެވެ.
﴿وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا﴾
[الإِسرَاء 82]
މާނައީ: "ތިމަންއިލާހު ޤުރުއާނުން މުއުމިނުންނަށް ރަޙުމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރުއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުއްޓެވެ."
ހަމަކަށަވަރުން ޤުރުއާން ބާވައިލެއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ: އެ ފޮތުގައިވާ ޚަބަރުތައް ތެދުކުރުމާއި، އެ ފޮތުގައި ވާ އެއްޗަކަށް ޢަމަލުކުރުމާއި، އެ ފޮތުގައިވާ އަމުރުތަކަށް ކިޔަމަންވުމާއި ނަހީތަކުން ދުރުހެލިވުމެވެ. އެ ފޮތަކީ ހަމައެކަނި އަނގަބަހުން ކިޔަވާލުމަށް ބާވައިލެއްވުނު ފޮތެއް ނޫނެވެ. ޤުރުއާން ކިޔަވަން ޖެހޭ ޞައްޙަ ގޮތަކީ ވެސް މިއެވެ. އޭރަށް ﷲ މަތިވެރިކުރުމުގެ ގޮތުން، އެ ފޮތް ކިޔަވާ މީހާ ވާނީ އެންމެ ރިވެތި ޞިފަތައް އަށަގެންފައިވާ މީހާއަށެވެ. އެ އިލާހުގެ ކަލާމްފުޅުގެ ކައިރީ އަދަބުވެރި މީހަކަށެވެ. ޙަޤީޤަތުގައި އެދެވިގެންވާ ގޮތަކީ މިއީ ކަމުގައި ވިޔަސް، ޙުކުމީ ކިޔެވުމެއް ވެސް ވެއެވެ. ނަމަވެސް އަޅާގެ ކާމިޔާބާއި ބާއްޖަވެރިކަން ވަނީ ހަމަކަށަވަރުން ވެސް ޤުރުއާނަށް ތަބަޢަވުމުގައެވެ.
އަންނަނިވި އާޔަތް ފަދަ އާޔަތެއްގައި "ތިލާވަތުކުރުން" މި ކަލިމަ އެއްވެސް ޤައިދުކުރުމަކާއި ނުލައި ބޭނުންކޮށްފައި ވާނަމަ، އޭގެ މާނައަށް ޤުރުއާނަށް ޢަމަލުކުރުން ވަންނާނެ ކަމުގައި ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާ ޛިކުރުކުރައްވާފައިވެއެވެ. މި ފަދައިން ޞަޙާބީބޭކަލުންނާއި ޠާބިޢީ ބޭކަލުން ވެސް ތަފްސީރުކުރައްވާފައިވެއެވެ.
﴿الَّذِينَ آتَيْنَاهُمُ الْكِتَابَ يَتْلُونَهُ حَقَّ تِلَاوَتِهِ﴾
[البَقَرَة 121]
މާނައީ: "ތިމަން އިލާހު އެ މީހުންނަށް ފޮތް ދެއްވި މީހުން އެ ފޮތް ކިޔަވަންވީ ޙައްޤު ގޮތުގައި އެ ފޮތް ކިޔަވައި އުޅެތެވެ."
އިބްނު މަސްޢޫދު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
މުޖާހިދު ވިދާޅުވިއެވެ.
﴿يَتْلُونَهُ حَقَّ تِلَاوَتِهِ﴾
[البَقَرَة 121]
"އެ ފޮތް ކިޔަވަންވީ ޙައްޤު ގޮތުގައި އެ ފޮތް ކިޔަވައި އުޅެތެވެ."
މި އުއްމަތުގެ ސަލަފުންގެ ބޭކަލުން ހިންގަވާފައި ވަނީ މި މަގުންނެވެ. އެ ބޭކަލުން ޤުރުއާން އުނގެނި ޙަޔާތުގެ ކޮންމެ ކަމެއްގައި ވެސް އެ ފޮތަށް ޢަމަލުކުރިއެވެ.
ޢަބްދުﷲ ބުނު މަސްޢޫދު ވިދާޅުވިއެވެ.
ޢަބްދުއްރަޙްމާނު ބުނު އައްސަލަމީ ފަދަ ބޭކަލުން ވެސް މި ފަދައިން ވިދާޅުވިއެވެ. އެއީ ތާބިޢީބޭކަލުންގެ ތެރެއިން އިސް ބޭކަލެކެވެ.[4]
ވުމާ އެކު ޤުރުއާން ހިތުދަސްކޮށް އެ ޤުރުއާން ކިޔަވާ މީހާ، އޭނާގެ ނަފުސުގެ މައްޗަށް ﷲއަށް ތަޤުވާވެރިވެ ބިރުވެރިވާންޖެހެއެވެ. އޭނާގެ ކިޔެވުމުގައި އިޚްލާޞްތެރިވެ، އެ ކިޔަވާ އެއްޗަކަށް ޢަމަލުކޮށް، ޤުރުއާނުގައި ވާ އެއްޗަކާ ޚިލާފުނުވުމަށާއި، އެ ފޮތުގައި ވާ ޙުކުމްފުޅުތަކާއި އަދަބުތަކަށް މޫނުއަނބުރާނުލުމަށް ހުށިޔާރުވާންޖެހެއެވެ. އެއީ ޔަހޫދީންގެ މައްޗަށް ބާވައިލެއްވިފައި ވާ ޛައްމުގެ ބަސްފުޅުގައި (އެބަހީ ދެރަނިކަމެތިކޮށްލުމުގެ ބަސްފުޅުގައި) ތިބާ ޝާމިލުނުވުމަށެވެ. އެބައިމީހުންނާ ބެހޭގޮތުން ﷲ ވަޙީކުރެއްވިއެވެ.
﴿مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا﴾
[الجُمعَة 5]
މާނައީ: "ތައުރާތަށް ޢަމަލުކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް ޢަމަލުނުކުރި މީހުންގެ މިޘާލަކީ، ފޮތްތަކެއް އުފުލާ ޙިމާރުގެ މިޘާލެވެ."
وَاللهُ أَعْلَمُ.
اللَّهُمَّ ارْزُقْنَا تِلَاوَةَ كِتَابِكَ عَلَى الْوَجْهِ الَّذِي يُرْضِيكَ عَنَّا، وَاجْعَلْنَا يَا إِلَهَنَا مِمَّنْ يُحِلُّ حَلَالَهُ، وَيُحَرِّمُ حَرَامَهُ، وَيَعْمَلُ بِمُحْكَمِهِ، وَيُؤْمِنُ بِمُتَشَابِهِهِ، وَيَتْلُوهُ حَقَّ تِلَاوَتِهِ، وَاغْفِرْ لَنَا وَلِوَالِدَيْنَا وَلِجَمِيعِ الْمُسْلِمِينَ.
ޔާ ﷲ! އަޅަމެންގެ ކިބައިން އިބަ އިލާހު ރުހިވޮޑިގަންނަވާގޮތުގައި އިބަ އިލާހުގެ ފޮތް ކިޔެވުން އަޅަމެންނަށް ރިޒުޤުކުރައްވާނދޭވެ! އަޅަމެންގެ އިލާހެވެ! އަޅަމެންނީ އެ ފޮތުގައި ޙަލާލުކަމުގައި ވާ ތަކެތި ޙަލާލުކަމުގައި ބަލައިގަނެ، ޙަރާމުކަމުގައި ވާ ތަކެތި ޙަރާމުކަމުގައި ބަލައިގަންނަ ބަޔަކުކަމުގައި ލައްވާނދޭވެ! އަދި އެ ފޮތުގެ މުޙުކަމު އާޔަތްތަކާއި މުތަޝާބިހު އާޔަތްތަކަށް ޢަމަލުކުރާ، އެ ފޮތް ޙައްޤުގޮތުގައި ކިޔަވާ ބައެއްކަމުގައި ލައްވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!
އާމީން.
މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.
