ތަޢާރަފު
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
މިއީ އަޅުގަނޑު (ނަޡީމް ނިޡާމް، ކ.ކާށިދޫ)، ދިސަލަފިއްޔާ، ޢިލްމު.އެމްވީ، ދީނުގެމަގު ފަދަ އެކި ވެބްސައިޓުތަކުގައި ޝާއިޢުކުރަމުން އައި، ދީނީ ލިޔުންތަކާއި ތަރުޖަމާތައް އެއްތަނަކަށް ޖަމަޢަކުރުމުގެ ނިޔަތުގައި ފަރުމާކޮށްފައިވާ ވެބްސައިޓެއް.
އަޅުގަނޑަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީން ދަސްވެނިވެ، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ދޫކުރާ، ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވަޢުޡު ބުނުމާއި، ދީނުގެ ޙުކުމްތައް ބަޔާންކޮށްދިނުމުގެ ހުއްދަ އޮންނަ ފަރާތެއް.
ދުޢާއަކީ އަޅުގަނޑުގެ މި މަސައްކަތަކީ ﷲގެ ވަޖުހުފުޅު އަދައިގެން އިޚްލާޞްތެރިކަމާ އެކު ކުރެވުނު ޢަމަލެއް ކަމުގައި ލައްވައި، މީގެ ސަބަބުން ގިނަ ބަޔަކަށް އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގައި ޝަރުޢީ ޢިލްމު އުނގެނޭ ކުދިންނަށް ފައިދާކުރަނިވި މަސައްކަތެއްކަމުގައި ލެއްވުން.
ޚާއްޞަ ޝުކުރު: ވެބްސައިޓު ފަރުމާކޮށްދިނުމާއި، ލިޔުންތައް މުރާޖަޢާކޮށްދިނުމާއި، އަދި މިނޫނަސް އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދެއްވި ހުރިފާ ފަރާތްތަކަށް ޝުކުރު ދަންނަވަން.فَجَزَاهُمُ اللَّهُ خَيرَ الجَزَاءِ عَلَى سَعْيِهِمْ، وَجَعَلَ ذَلِكَ في مِيزَانِ حَسَنَاتِهِمْ، وَنَفَعَ اللَّهُ بِهَذَا مُؤَلِّفَهُ وَقَارِئَهُ، وَكُلَّ مَنْ بَذَلَ فِيهِ جُهْدًا، إِنَّهُ سُبْحَانَهُ قَرِيبٌ مُجِيبٌ.
މައްސަލައެއް ރިޕޯޓުކުރެއްވުމަށް
ވެބްސައިޓުގައި މައްސަލައެއް ނުވަތަ ކުށެއް ފެނިވަޑައިގެންފި ނަމަ، އަޅުގަނޑުމެނަށް އަންގަވާލަދެއްވާ
