ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްބާރަވަނަ ޙަދީޘް

ރޯދަވެރިޔާއަށް ހޮޑުލެވުން
އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ، وَمَنِ اسْتَقَاءَ فَلْيَقْضِ»
މާނައީ: "ގަސްތަކާނުލައި ހޮޑުލެވިއްޖެމީހާ (ދަންނާށެވެ!) ފަހެ އޭނާގެ މައްޗަށް (އެ ރޯދަ) ޤަޟާކުރުމެއް ނުވެއެވެ. އަދި ގަސްތުގައި ހޮޑުލައިފި މީހާ، ފަހެ އޭނާ އެ ރޯދަ ޤަޟާކުރާ ހުށިކަމެވެ."
رواه أبو داود والترمذي وابن ماجه وأحمد. ورواته ثقات.
މި ޙަދީޘަކީ ރޯދަވެރިޔާ ގަސްތުގައި ހޮޑުލައިފި ނަމަ، އޭނާގެ ރޯދަ ފަސާދަވާނެކަން ދަލީލުކޮށްދޭ ޙަދީޘެކެވެ. އަދި އޭނާގެ މައްޗަށް ވަނީ އެ ރޯދަ ޤަޟާކުރުމެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ މަޛްހަބެވެ.
ނަމަވެސް އޭނާގެ އިޚްތިޔާރަކާނުލައި ހޮޑުލެވިއްޖެ މީހާ ދަންނައެވެ. އޭނާގެ ރޯދަ ޞައްޙަވާނެއެވެ. އަދި އޭނާގެ މައްޗަށް އެހެން ވެސް ކަމެއް (އެބަހީ ފާފަވެރިވުމެއް އަދި ރޯދަ ޤަޟާކުރުމެއް) ނުވެއެވެ.
އަލްޚައްޠާބީ ވިދާޅުވިއެވެ.
އިބްނު ޤުދާމާ ވިދާޅުވިއެވެ.
«استقاء» މާނައަކީ ގަސްތުގައި ހޮޑުލުމުގެ ސަބަބެއް މެދުވެރިކޮށް ހޮޑުލުމެވެ.
«ذَرَعَهُ» މާނައަކީ (އޭނާގެ އިޚްތިޔާރަކާ ނުލައި) ހޮޑުލެވުމެވެ.
ފަހެ (ރޯދަވެރިޔާ) ގަސްތުގައި ހޮޑުލައިފި ނަމަ، އޭނާގެ ރޯދަގެއްލެވޭނެއެވެ. އެއީ ކިތަންމެ މަދުން ނުވަތަ ގިނައިން ހޮޑުލެވުން ނަމަވެސް މެއެވެ. އެއީ ޙަދީޘުގެ ބޭރުފުށުގެ މާނައަށް ބަލާފައެވެ. އަދި ރޯދަ ގެއްލޭ އެހެން ކަންކަމުގައި ވެސް ގިނަވުމާ މަދުވުމާ ދެމެދު އެއްވެސް ތަފާތެއް ނުވާތީއެވެ.
އަލްމުވައްފަޤު އިބްނު ޤުދާމާ ވިދާޅުވިއެވެ.
ހޮޑުލުމުން ރޯދަވެރިޔާގެ ރޯދަ ގެއްލޭ ޙިކުމަތް ބަޔާންކުރައްވަމުން ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާ ވިދާޅުވިއެވެ.
اللَّهُمَّ وَفِّقْنَا لِسَبِيلِ الطَّاعَةِ، وَثَبِّتْنَا عَلَى اتِّبَاعِ السُّنَّةِ وَلُزُومِ الْجَمَاعَةِ، وَلَا تَجْعَلْنَا مِمَّنْ عَرَفَ الْحَقَّ وَأَضَاعَهُ، وَاغْفِرِ اللَّهُمَّ لَنَا وَلِوَالِدَيْنَا وَلِجَمِيعِ الْمُسْلِمِينَ.
ޔާﷲ! އަޅުކަމާ ކިޔަމަންތެރިކަމުގެ މަގަށް އަޅަމެންނަށް ތައުފީޤުދެއްވާނދޭވެ! އަދި ސުންނަތަށް ތަބަޢަވުމާއި، (ސުންނަތުގެ) ޖަމާޢަތުގެ މަތީގައި ޘާބިތުވެ ދެމިތިބުމަށް އަޅަމެންނަށް ޘާބިތުކަންދެއްވާނދޭވެ! އަދި ޙައްޤު އެނގި، އެ މަގު ގެއްލުވާލި މީހުންގެ ތެރެއިން އަޅަމެން ނުލައްވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!
އާމީން.
މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.
