ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްلَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ސަތޭކަ ފަހަރު ކިޔުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ހަތްވަނަ ކަންތައް: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ސަތޭކަ ފަހަރު ކިޔުން
ހަތްވަނައީ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މި ފަދައިން ސަތޭކަ ފަހަރު ކިޔުމެވެ. ޞަޙީޙައިންގައި (އެބަހީ ބުޚާރީ އަދި މުސްލިމުގައި)ވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَنْ قَالَ لا إلهَ إلّا اللهُ وَحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كلِّ شَيءٍ قَدِيرٌ، فِي يَوْمٍ مائةَ مَرَّةٍ كانَتْ لَهُ عِدْلَ عَشْرِ رِقَابٍ، وكُتِبَتْ لَهُ مِئة حَسَنةٍ، وَمحِيَتْ عَنْهُ مِئَةُ سَيِّئَةٍ، وكانَتْ لَهُ حِرْزًا مِنَ الشَّيطانِ يَوْمَهُ ذلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ أحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ إلاّ رَجُلٌ عَمِلَ أكْثَرَ مِنْ ذَلِكَ»[1]
މާނައީ: "ދުވާލަކު ސަތޭކަ ފަހަރު لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މި ފަދައިން ކިޔައިފި މީހަކަށް ދިހަ އަޅުން މިނިވަންކުރުން ލިޔުއްވޭނެއެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އޭނާގެ ކިބައިން ސަތޭކަ ފާފަފުއްސެވޭނެއެވެ. އަދި ހަވީރުވެއްޖެއުމަށް ދާންދެން ޝައިޠާނާގެ ކިބައިން އޭނާއަށް ސަލާމަތްކަން ލިބޭނެއެވެ. އަދި އޭނާއަށް ވުރެ އިތުރަށް މި ކަން ކުރި މީހަކު މެނުވީ، އޭނާއަށް ވުރެ ބޮޑު ހެޔޮކަމެއް ހިފައިގެން ނާންނާނެއެވެ."[2]
[1] صَحِيحُ الْبُخَارِي (3293)، وَمُسْلِم (2691)
[2] އަލްޙާފިޡު އިބްނު ޙަޖަރު އަލްޢަސްޤަލާނީ (ނޔވ 852) ވިދާޅުވިއެވެ: "މި ތަނުގައި (އޭނާއަށް ވުރެ އިތުރަށް މިކަން ކުރި މީހަކު މެނުވީ، އޭނާއަށް ވުރެ ބޮޑު ހެޔޮކަމެއް ހިފައިގެން ނާންނާނެއެވެ.) މީގެ މުރާދުގެ ތެރެއަށް މި ޛިކުރު ކުރުން ނުވަތަ އެހެން ޛިކުރެއް ކުރުން ނުވަތަ ހެޔޮޢަމަލުގެ ތެރެއިން އެހެން ޢަމަލެއް ކުރުން ވެސް އިޙްތިމާލު އެބައޮތެވެ." ބައްލަވާ: فَتْحُ الْبَارِي بِشَرْحِ صَحِيحِ الْبُخَارِي (206/11)
