ޢިލްމަކީ ޢަމަލުކުރުމަށް ބޭނުންކުރާ އާލަތެއް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ޢިލްމަކީ ޢަމަލުކުރުމަށް ބޭނުންކުރާ އާލަތެކެވެ. އެހެނީ ޢިލްމަކީ ހަމައެކަނި ގިނަ އެއްޗެހިތަކެއް ހިތުދަސްކޮށް، ނުވަތަ ގިނަ ފޮތްތަކެއް ކިޔައި ދަސްކުރުމުން ނިމޭ ކަމެއް ނޫނެވެ.
ހަނގުރާމަވެރިޔަކު ހަނގުރާމައިގެ ހަތިޔާރާއި، އެހެނިހެން އާލަތްތައް އެއްކުރަނީ ހަނގުރާމައަށް ތައްޔާރުވުމަށެވެ. (އޭނާގެ) މުޅި ޢުމުރު، އެ ތަކެތި އެއްކުރުމުގައި ހޭދަކުރާކަށް ނޫނެވެ. ހަމައެފަދައިން ޢިލްމު ހޯދާ މީހާ ވެސް ކިޔަވައި، ހިތުދަސްކޮށް، އަދި (އެ އެއްޗެއް) ދެނެގަންނަންވީ، އެ އުނގެނުނު އެއްޗަކަށް ޢަމަލުކުރުމަށެވެ.
ބައެއްފަހަރު، އިންސާނާ ޢިލްމު އުނގެނުމުގައި އެތައް އަހަރެއް ހޭދަކޮށް، މަތުނުތައް ހިތުދަސްކޮށް، (ފޮތްތަކުގެ) ޝަރަޙަތައް ކިޔައި، އަދި ދަރުސްތަކަށް ޙާޟިރުވެދާނެއެވެ... އެހެންނަމަވެސް، އޭނާ ދަސްކުރި އެއްޗެއްގެ އަސަރު އޭނާ އަދާކުރާ އަޅުކަންތައްތަކުންނާއި، (އޭނާގެ) އަޚްލާޤުންނާއި، (އޭނާ ކުރާ) މުޢާމަލާތްތަކުން ނުފެނި ދެއެވެ.
މި ތަނުގައި އަންނަނީ ދާވޫދު އައްޠާއީ ކުރެއްވި ސުވާލެވެ.
ވީމާ، ތިބާ ޢިލްމު އުނގެނުމުގެ ނިމުމަކީ "ތިމަންނަ ކިޔަވައިފީމެވެ. އަދި ހިތުދަސްކޮށްފީމެވެ" (މި ފަދައިން) ބުނުން ކަމުގައި ނުހަދާށެވެ.
އެހެނެއްކަމަކު، ތިބާ ބުނާ ބަހަކީ "ތިމަންނައަށް އެނގިއްޖެއެވެ. އަދި އޭގެ މައްޗަށް ޢަމަލުކޮށްފީމެވެ." ކަމުގައި ހަދާށެވެ.
ޢިލްމަކީ ޢަމަލުކުރުމަށް އޮތް މަގެކެވެ. ޢަމަލުކުރުމުގެ ބަދަލުގައި އޮތް އެއްޗެއް ނޫނެވެ.
މަޞްދަރު: منصة حفاظ المتون.
[1] އެކަލޭގެފާނު އިތުރަށް ވިދާޅުވިއެވެ. "ޢިލްމަކީ ޢަމަލުކުރުމަށް ބޭނުންކުރާ އާލަތެކެވެ. އޭނާގެ މުޅި ޢުމުރު އެ (ޢިލްމު) އެއްކޮށް ޖަމަޢަކުރުމަށް ހޭދަކޮށްލައިފި ނަމަ، ދެން އެ ޢިލްމަކަށް ޢަމަލުކުރާނީ ކޮންއިރަކުން ހެއްޔެވެ!؟" ބައްލަވާ: اقتضاء العلم العمل (44/1)
