ޙަސަދަވެރިކަމުގެ ވައްތަރެއް
ނަޡީމް ނިޡާމް•8 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ»[1]
މާނައީ: "ތިބާގެ އަމިއްލަ ނަފުސަށް ލޯބި ކުރާ ކަންތައް ތިބާގެ އަޚާއަށް ވެސް ލިބުމަށް ލޯބިކޮށްފުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން އެކަކު ވެސް (ފުރިހަމަ ގޮތުގައި) އީމާންވީ ކަމުގައެއް ނުވާނެއެވެ."
ޝައިޚު ޢުޘައިމީން (ނޔވ 1421) ވިދާޅުވިއެވެ.
"މި ޙަދީޘް ބަސްފުޅުގައި މި ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިވުން ނަހީކުރައްވައި، އެ ކަމަށް އިންޛާރުކުރައްވާފައެވެ. އެހެނީ ޙަސަދަވެރިޔާ އޭނާގެ ނަފުސަށް ލޯބިކުރާ ކަންތައް އޭނާގެ އަޚާއަށް ލިބުމަށް ލޯބި ނުކުރާނެއެވެ. އަދި ކިއެއް! ޙަސަދަވެރިޔާ އުއްމީދުކުރާނީ އޭނާގެ މުސްލިމު އަޚާގެ ކިބައިން، މާތް ﷲ ދެއްވާ ނިޢުމަތް ފިލައިގެން ދިއުމަށެވެ.
ޙަސަދަވެރިކަން މާނަކުރެއްވުމުގައި ޢިލްމުވެރިން ވަނީ ޚިލާފުވެލައްވާފައެވެ. އެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ އަނެކާގެ ކިބައިން ނިޢުމަތް ފިލައިގެން ދިއުމަށް އުއްމީދުކުރުންކަމުގައެވެ.
އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ އަނެކާއަށް މާތް ﷲ ދެއްވާ ނިޢުމަތްތަކާ މެދު ނުރުހުންކަމުގައެވެ. މިއީ ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާ (ނޔވ 728) އިޚްތިޔާރުކުރައްވާފައިވާ ބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އަނެކާއަށް މާތް ﷲ ދެއްވާ ނިޢުމަތަކާ މެދު ނުރުހުންތެރިވެއްޖެ މީހާ، ފަހެ ހަމަކަށަވަރުން ވެސް ޙަސަދަވެރިވެއްޖެއެވެ. އެއީ އެ މީހެއްގެ ކިބައިން އެ ނިޢުމަތެއް ފިލައިގެން ދިއުމަށް އޭނާ އުއްމީދުނުކުރި ނަމަވެސް މެއެވެ."[2]
[1] أخرجه البخاري (13) واللفظ له، ومسلم (45)
[2] شرح الأربعين النووية للعثيمين (163/1)
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ. މި ބާވަތުގެ އިތުރު ލިޔުންތައް