ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްކުރުސި ކިޔުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ތިންވަނަ ކަންތައް: ކުރުސި ކިޔުން
ތިންވަނައީ (އާޔަތުލް) ކުރުސި ކިޔުމެވެ. މުޙައްމަދު ބުނު ސީރީންގެ ޙަދީޘެއް، އަބޫ ހުރައިރާ رَضِيَ اللهُ عَنْهُمْގެ ކިބައިން (އިމާމު ބުޚާރީ (ނޔވ 256) އެކަލޭގެފާނުގެ) ޞަޙީޙުގައި ގެންނަވާފައިވެއެވެ.
وَكَّلَني رسول الله ﷺ بحفظ زكاة رمضان، فأتى آتٍ فجعلَ يحثُو من الطَّعام فأخذتُهُ فقلت: لأرْفَعَنَّكَ إلى رسول الله ﷺ .... فقال: إذا أويتَ إلى فراشِكَ فاقرأْ آيةَ الكرسي، فإنه لن يزالَ عليكَ مِنَ اللهِ حافظٌ، ولا يَقْرَبُكَ شيطانٌ حتى تُصْبِحَ، فقال النبي ﷺ: «صَدَقَكَ، وَهو كَذُوبٌ، ذَاكَ الشَّيْطَانُ»[1]
މާނައީ: (އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.) ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތިމަންކަލޭގެފާނާ، ރަމަޟާން މަހުގެ ޒަކާތް ބެލެހެއްޓުން ހަވާލުކުރެއްވިއެވެ. (އެއްރެޔަކު) ކޮންމެވެސް މީހަކު އައިސް ކާ ތަކެތިން އެއްޗެހި ނަގަނިކޮށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. ތިމަންކަލޭގެފާނު އެ މީހަކު ހިފެހެއްޓުމަށް ފަހު ވިދާޅުވީމެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިބާ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ގެންދާނަމެވެ... ފަހެ އޭނާ ބުންޏެވެ. ކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމަށް ކަލޭގެފާނުގެ ތަންމައްޗަށް އަރައިވަޑައިގެންފި ނަމަ، އާޔަތުލް ކުރުސި ކިޔަވާ ވިދާޅުވާށެވެ. ﴿اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ﴾ އާޔަތް ނިމެންދެން ކިޔަވާ ވިދާޅުވާށެވެ. ފަހެ ހެނދުނު ވެއްޖައުމަށް ދާންދެން ﷲގެ ޙަޟްރަތުން ކަލޭގެފާނު ރައްކާތެރިކޮށްދެއްވާނޭ ފަރާތެއް ހުންނަވާނެއެވެ. އަދި އެ ރޭ ހެނދުނު ވަންދެން ކަލޭގެފާނާއި ޝައިޠާނަކު (ކަލޭގެފާނާ) ކައިރި ނުވާނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ: "އޭނާ އެ ބުނީ ތެދެކެވެ. އޭނާ އަކީ ދޮގު ވެރިއެއްކަމަކު މިފަހަރު ކަލޭގެފާނަށް ތެދު ހަދައިފިއެވެ."[2]
[1] أخرجه البخاري (2311)، والنسائي في "الكبرى" (2311)، وابن خزيمة (2424)
[2] މިއީ ވަރަށް ދިގު ޙަދީޘް ބަސްފުޅެއްކަމުން މުއައްލިފު ގެންނަވާފައި މި ވަނީ ޙަދީޘް ބަސްފުޅުން މި މައުޟޫޢަށް ބޭނުންވާ މިންވަރެވެ. މި ޙަދީޘް ބަސްފުޅު އެއްކޮށް މި ވަނީއެވެ. "އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ: ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތިމަންކަލޭގެފާނާއި، ރަމަޟާން މަހުގެ ޒަކާތް ބެލެހެއްޓުން ހަވާލުކުރެއްވިއެވެ. (އެއް ރެއަކު) ކޮންމެވެސް މީހަކު އައިސް ކާ ތަކެތިން އެއްޗެހި ނަގަނިކޮށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. ތިމަންކަލޭގެފާނު އެ މީހަކު ހިފެހެއްޓުމަށް ފަހު ވިދާޅުވީމެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިބާ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ގެންދާނަމެވެ. އޭނާ ބުންޏެވެ. ހަމަކަށަވަރުން އަހަރެން ވަނީ މިއަށް ބޭނުން ޖެހިގެންނެވެ. އަދި އަހަރެންގެ ދަރިން އެބަތިއްބެވެ. އަދި އަހަރެން ވަނީ ވަރަށް ބޮޑަށް މިއަށް ބޭނުން ޖެހިގެންނެވެ. (އެ މީހަކު މިފަދައިން ބުނުމުން) ތިމަންކަލޭގެފާނު އެ މީހަކު ދޫކޮށްލެއްވީމެވެ.
އަނެއް ދުވަހުގެ ހެނދުނު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އޭ އަބޫ ހުރައިރާއެވެ! ރޭގައި ކަލޭގެފާނުގެ އަސީރު ކަންތައް ކުރީ ކިހިނަކުން ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އޭނާ އެއަށް ވަރަށް ބޮޑަށް ބޭނުންޖެހިގެންވާކަމަށާއި އަދި ދަރިން ތިބި ކަމަށް ބުނެ އާދޭސްކޮށް ޝަކުވާކުރުމުން ތިމަންކަލޭގެފާނު އޭނާއަށް ރަޙުމުކުރައްވައި ދޫކޮށްލެއްވީއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އޭނާ ހަމަކަށަވަރުން ވެސް އެ ހެދީ ދޮގެވެ. އަދި އޭނާ އަނެއްކާ ވެސް އެނބުރި އަންނާނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އޭނާ އެނބުރި އަންނާނޭ ކަމަށް ޙަދީޘްކުރެއްވުމުން ތިމަންކަލޭގެފާނު އެ ކަން ޔަޤީންކުރައްވައި ފާރަވެރިވެ ހުންނެވީމެވެ. (އަނެއްކާ ވެސް އަނެއް ރޭ) އޭނާ އައިސް ކާއެއްޗެހި ނަގަން ފެށުމުން ތިމަންކަލޭގެފާނު އޭނާ ހިފެހެއްޓުމަށް ފަހު ވިދާޅުވީމެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިބާ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ގެންދާނަމެވެ. އޭނާ ބުންޏެވެ. ތިމަން ދޫކޮށްލާށެވެ. ފަހެ އަހަރެން ވަނީ މިއަށް ބޭނުން ޖެހިގެންނެވެ. އަދި އަހަރެންގެ ދަރިން އެބަތިއްބެވެ. އަހަރެން ދެން އެނބުރި ނާންނާނަމެވެ. އޭނާ މިފަދައިން ބުނުމުން ތިމަންކަލޭގެފާނު އޭނާއަށް ރަޙުމުކުރައްވައި ދޫކޮށްލެއްވީއެވެ.
އަނެއް ދުވަހުގެ ހެނދުނު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އޭ އަބޫ ހުރައިރާއެވެ! ތިބާގެ އަސީރު ކަންތައް ކުރީ ކިހިނަކުން ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅު ވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އޭނާ ވަރަށް ބޮޑަށް ބޭނުންޖެހިގެންވާކަމަށާއި އަދި ދަރިން ތިބޭ ކަމަށް ބުނެ އާދޭސްކޮށް ޝަކުވާ ކުރުމުން ތިމަންކަލޭގެފާނު އޭނާއަށް ރަޙުމުކުރައްވައި ދޫކޮށްލެއްވީއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އޭނާ ހަމަކަށަވަރުން ވެސް އެ ހެދީ ދޮގެވެ. އަދި އޭނާ އަނެއްކާ ވެސް އެނބުރި އަންނާނެއެވެ. ތިންވަނަ ރޭވެސް ތިމަންކަލޭގެފާނު ފާރަވެރިވެ ހުންނެވީމެވެ. އޭނާ އައިސް ކާއެއްޗެހި ނަގަން ފެށުމުން ތިމަންކަލޭގެފާނު އޭނާ ހިފެހެއްޓުމަށް ފަހު ވިދާޅުވީމެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިބާ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ގެންދާނަމެވެ. މިއީ ތިބާ އެނބުރި ނާންނާނެ ކަމަށް ބުނެ އައިސް ކާ އެއްޗެހި ނަގާ ތިންވަނަ ފަހަރެވެ. އޭނާ ބުންޏެވެ. އަހަރެން ދޫކޮށްލާށެވެ. އޭރުން އެ ކަލިމަތަކެއްގެ ސަބަބުން ﷲ ކަލޭގެފާނަށް މަންފާކޮށްދެއްވާނެ ކަލިމަތަކެއް އުނގަންނަވައި ދެއްވާނަމެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އެ ކަލިމަތަކަކީ ކޮބައި ހެއްޔެވެ؟ އޭނާ ބުންޏެވެ. ކަލޭގެފާނު އަވަހާރަފުޅުލެއްޕެވުމަށް ކަލޭގެފާނުގެ ތަންމައްޗަށް އަރައިވަޑައިގެންފި ނަމަ، އާޔަތުލް ކުރުސި ވިދާޅުވާށެވެ. ﴿اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ﴾ އާޔަތް ނިމެންދެން ވިދާޅުވާށެވެ. ފަހެ ހެނދުނު ވެއްޖައުމަށް ދާންދެން ﷲގެ ޙަޟްރަތުން ކަލޭގެފާނު ރައްކާތެރިކޮށްދެއްވާނޭ ފަރާތެއް ހުންނަވާނެއެވެ. އަދި އެ ރޭ ހެނދުނު ވަންދެން ޝައިޠާނަކު ކަލޭގެފާނާ ކައިރިނުވާނެއެވެ.
އަނެއް ދުވަހުގެ ހެނދުނު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އޭ އަބޫ ހުރައިރާއެވެ! ރޭގައި ކަލޭގެފާނުގެ އަސީރު ކަންތައް ކުރީ ކިހިނަކުން ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އެ ކަލިމަ ތަކެއްގެ ސަބަބުން ﷲ ތިމަންކަލޭގެފާނަށް މަންފާކޮށްދެއްވާނޭ ކަލިމަތަކެއް އުނގަންނަވައި ދެއްވާނެ ކަމަށް ބުނުމުން އޭނާ ދޫކޮށްލީއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އެ ކަލިމަތަކަކީ ކޮބައި ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ނިދަން ތަންމައްޗަށް އަރައިފި ނަމަ، އާޔަތުލް ކުރުސި ﴿اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ﴾ ފެށިގެން ނިމެންދެން ކިޔެވުމަށް އޭނާ ބުންޏެވެ. އަދި ހެނދުނު ވެއްޖައުމަށް ދާންދެން ﷲގެ ޙަޟްރަތުން ރައްކާތެރިކޮށްދެއްވާނޭ ފަރާތެއް ހުންނަވާނެކަމަށާއި، އެ ރޭ ހެނދުނު ވަންދެން ޝައިޠާނަކު ކައިރިނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. -އަދި ހެޔޮ ޢަމަލުތަކަށް ނުހަނު ދަހިވެތިވި ބޭކަލުންތަކެއް ކަމުގައި އެ ބޭކަލުން (އެބަހީ އަޞްޙާބު ބޭކަލުން) ވިއެވެ-. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. އޭނާ އެ ބުނީ ތެދެކެވެ. އޭނާ އަކީ ދޮގު ވެރިއެއްކަމަކު މި ފަހަރު ކަލޭގެފާނަށް ތެދު ބުނެފިއެވެ.
އަދި އެކަލޭގެފާނު ތިމަންކަލޭގެފާނާ ސުވާލުކުރެއްވެވިއެވެ. އޭ އަބޫ ހުރައިރާއެވެ! ފާއިތުވެ ދިޔަ ތިން ރޭ ކަލޭގެފާނާ ވާހަކަ ދެއްކީ ކާކުކަން އެނގިވަޑައިގަންނަވަމު ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ނޫނެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ޝައިޠާނާއެވެ." -ނިމުނީ-
