ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްބަޤަރާ ސުރަތް ކިޔެވުން

ނަޡީމް ނިޡާމް•10 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން
ބަޤަރާ ސުރަތް ކިޔެވުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ހަތަރުވަނަ ކަންތައް: ބަޤަރާ ސުރަތް ކިޔެވުން

ހަތަރުވަނައީ ބަޤަރާ ސޫރަތް ކިޔެވުމެވެ. (އިމާމު މުސްލިމު (ނޔވ 261) އެކަލޭގެފާނުގެ) ޞަޙީހުގައި ސުހައިލު رَضِيَ اللهُ عَنْهُގެ ޙަދީޘް ބަސްފުޅެއްގައި ގެންނަވާފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«لا تَجْعَلُوا بُيُوتَكُم قُبُورًا، وإنَّ البَيْتَ الذي تُقْرَأُ فيه البَقَرَةُ لا يَدْخلُهُ الشّيْطَانُ»[1]

މާނައީ: "ތިޔަބައިމީހުންގެ ގެތަށް ޤަބުރުސްތާނުތަކަކަށް ނުހަދާށެވެ.[2] ހަމަކަށަވަރުން އެ ގެއެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއަކަށް ޝައިޠާނާ ނުވަންނާނެއެވެ."

[1] صَحِيحُ مُسْلِم (780)، وَالتِّرْمِذِي (2877)

[2] ޢަބްދުއްރަޙްމާނު އަލްމުބާރަކްފޫރީ (ނޔވ 1353) ވިދާޅުވިއެވެ: "މާނައަކީ މާތް ﷲއަށް ކިޔަމަންވުމެއް އަދި އެ އިލާހު ހަނދުމަކުރުމެއް ނުވާ ގެއަކަށް ނުހަދާށެވެ. މިފަދައިން ޢަމަލުކޮށްފި ނަމަ، އެ ގެއެއް ވާނީ އެއްވެސް ދިރުމެއް ނުވާ ޤަބުރުސްތާނެއް ފަދައިންނެވެ. އަދި އެ ގޭގެ އަހުލުން މަރުވެފައިވާ މައްޔިތުންތަކެއް ފަދައެވެ." ބައްލަވާ: تُحْفَةُ الْأَحْوَذِي بِشَرْحِ جَامِعِ التِّرْمِذِي (146/8)

1 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.