ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްޣާފިރު ސޫރަތުގެ ފުރަތަމަ ތިން އާޔަތް ކުރުސިއާ އެކު ކިޔެވުން

ނަޡީމް ނިޡާމް•10 އޮކްޓޫބަރު 2026•2 މިނެޓުގެ ކިޔުން
ޣާފިރު ސޫރަތުގެ ފުރަތަމަ ތިން އާޔަތް ކުރުސިއާ އެކު ކިޔެވުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ހަވަނަ ކަންތައް: ޣާފިރު ސޫރަތުގެ ފުރަތަމަ ތިން އާޔަތް ކުރުސިއާ އެކު ކިޔެވުން

ހަވަނައީ (حم) المؤمن (އެބަހީ ޣާފިރު ސޫރަތް)، ﴿إِلَيْهِ الْمَصِيرُ﴾ މި ހިސާބަށް[1]، އާޔަތުލް ކުރުސިއާ އެކު ކިޔެވުމެވެ. އިމާމު ތިރުމިޛީ (ނޔވ 279) ރިވާކުރައްވާފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

مَنْ قَرَأَ حم المُؤمنَ إلى: ﴿إِلَيْهِ الْمَصِيرُ﴾ وآيَةَ الكُرْسِيّ حِينَ يصْبحُ حُفِظَ بهما حَتَّى يُمْسِيَ، وَمَنْ قَرَأهُما حِينَ يُمْسِي حُفظَ بِهِمَا حَتَّى يُصْبحَ.[2]

މާނައީ: "މީހަކު ހެނދުނު (حم) المؤمن (އެބަހީ ޣާފިރު ސޫރަތް) އަދި އާޔަތުލް ކުރުސި ކިޔަވައިފި ނަމަ، ހަވީރު ވަންދެން އެ މީހަކު ރައްކާތެރި ކުރެވޭނެއެވެ. އަދި މީހަކު ހަވީރު (حم) المؤمن (އެބަހީ ޣާފިރު ސޫރަތް) އަދި އާޔަތުލް ކުރުސި ކިޔަވައިފި ނަމަ، ހެނދުނު ވަންދެން އެ މީހަކު ރައްކާތެރި ކުރެވޭނެއެވެ."

(މި ޙަދީޘުގެ ސަނަދުގައިވާ) ޢަބްދުއްރަޙްމާނު އަލްމުލައިކީގެ ހިތުދަސްކުރުމުގެ ބާރުގެ މިންވަރާ މެދު ޢިލްމުވެރިން ވާހަކަދައްކަވާފައި ވީ ނަމަވެސް މި ޙަދީޘުގައިވާ އާޔަތުލް ކުރުސިގެ ބަޔަށް ބާރުދޭ އިތުރު (ޞައްޙަ) ޙަދީޘް ބަސްފުޅުތައް ރިވާވެފައިވެއެވެ. ނަމަވެސް މި ޙަދީޘް ބަސްފުޅަކީ ޣަރީބު ޙަދީޘް ބަސްފުޅަކަށްވުމުގެ އިޙްތިމާލު އެބައޮތެވެ.

[1] އެއީ މި އާޔަތްތަކެވެ. بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ، ﴿تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْعَلِيمِ﴾، ﴿غَافِرِ الذَّنبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ ۖ لَا إِلَـٰهَ إِلَّا هُوَ ۖ إِلَيْهِ الْمَصِيرُ﴾ މާނައީ: "މިއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ ﷲގެ ޙަޟްރަތުން ބާވައިލެއްވި ފޮތެވެ. (އެ އިލާހީ) ފާފަފުއްސަވާ، ތައުބާ ޤަބޫލުކުރައްވާ، ޢުޤޫބާތް ގަދަފަދަ، ނިޢުމަތްތަކުގެ ވެރި ރައްބެވެ. އެ އިލާހު މެނުވީ (އަޅުކަންކުރުން ޙައްޤުވާ އެހެން) އިލާހަކު ނުވެއެވެ. (އެންމެހާ ތަކެތި) ރުޖޫޢަވުން ވަނީ އެ އިލާހުގެ ޙަޟްރަތަށެވެ."

[2] سُنَنُ التِّرْمِذِي (2879)

އިމާމު ނަވަނީ (ނޔވ 676) އަދި އަލްބާނީ (ނޔވ 1420) ފަދަ ޢިލްމުވެރިން މި ޙަދީޘުގެ ސަނަދު ޟަޢީފު ކަމުގައި ވިދާޅުވެއެވެ. ބައްލަވާ: اَلْأَذْكَارُ لِلنَّوَوِي ت اَلْأَرْنَؤُوط (84/1)، وضَعِيفُ الْجَامِعِ الصَغِيرِ وَزِيَادَتِهِ (832/1)

އިމާމު ތިރުމިޛީ (ނޔވ 279) ވިދާޅުވިއެވެ: "މިއީ ޣަރީބު ޙަދީޘެކެވެ. ޢިލްމުގެ ބައެއް އަހުލުން (މި ޙަދީޘުގެ ސަނަދުގައިވާ) ޢަބްދުއްރަޙްމާނު ބުނު އަބީ ބަކުރު ބުނު އަބީ މުލައިކާގެ ހިތުދަސްކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ." ބައްލަވާ: سُنَنُ التِّرْمِذِي - ت شَاكِرٌ (157/5)

0 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.