ރޯދައިގެ ބައެއް ސުންނަތްތައްރޯދަވިއްލުމަށް ފަހު ކިޔާ ދުޢާ ކިޔުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ރޯދަވިއްލުމަށް ފަހު ކިޔާ ދުޢާ ކިޔުން
އަދި ރޯދަވެރިޔާ ރޯދަވީއްލާ ވަޤުތު (އަންނިވި) ދުޢާ ކިޔުމަކީ ސުންނަތެކެވެ.
اللَّهُمَّ لَكَ صُمتُ، وعلى رِزْقِكَ أفطَرْتُ، سُبحانَكَ وَبِحَمدِكَ. اللَّهُمَّ تَقَبَّلْ مِنِّي إِنَّكَ أَنتَ السَّمِيعُ العَليمُ.
މާނައީ: "ޔާﷲ! އިބަ އިލާހަށް ޓަކައި މި އަޅާ ރޯދަހިފީމެވެ. އަދި އިބަ އިލާހުގެ ރިޒްޤުން މިއަޅާ ރޯދަވީއްލީމެވެ. އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އިބަ އިލާހަށް (އެންމެހާ) ޙަމްދު ތަޢުރީފެއް ލިބިވޮޑިގެން ވެއެވެ. ޔާ ﷲ! އަޅާގެ ކިބައިން ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ އައްސަވާވޮޑިގެން ވާ އަދި ދެނެވޮޑިގެން ވާ އިލާހެވެ."
އެއީ އައްދާރުޤުޠުނީ އަނަސްގެފާނު އަދި އިބްނު ޢުމަރު (رَضِيَ اللهُ عَنْهُمَا)ގެ ފަރާތްޕުޅުން ރިވާކުރައްވާފައިވާ އަންނަނިވި ޙަދީޘްފުޅުގެ މައްޗަށް ބިނާކޮށެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ރޯދަވީއްލަވައިފި ނަމަ މި ފަދައިން ޙަދީޘްކުރައްވައެވެ.
«اللَّهُمَّ لَكَ صُمتُ، وعلى رِزْقِكَ أفطَرْتُ، سُبحانَكَ وَبِحَمدِكَ. اللَّهُمَّ تَقَبَّلْ مِنِّي إِنَّكَ أَنتَ السَّمِيعُ العَليمُ»[1]
މާނައީ: "ޔާﷲ! އިބަ އިލާހަށް ޓަކައި މި އަޅާ ރޯދަހިފީމެވެ. އަދި އިބަ އިލާހުގެ ރިޒްޤުން މިއަޅާ ރޯދަވީއްލީމެވެ. އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އިބަ އިލާހަށް (އެންމެހާ) ޙަމްދު ތަޢުރީފެއް ލިބިވޮޑިގެން ވެއެވެ. ޔާ ﷲ! އަޅާގެ ކިބައިން ޤަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ އައްސަވާވޮޑިގެން ވާ އަދި ދެނެވޮޑިގެން ވާ އިލާހެވެ."
އަދި އިބްނު ޢުމަރު (رَضِيَ اللهُ عَنْهُ)ގެ ފަރާތްޕުޅުން މަރުފޫޢުކޮށް ރިވާވެގެންވެއެވެ. އެކަލޭގެފާނު (އެބަހީ: ނަބިއްޔާ) صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ރޯދަވީއްލައިފި ނަމަ، މި ފަދައިން ޙަދީޘްކުރައްވައެވެ.
«ذهَبَ الظَّمَأُ، وابْتَلَّتِ العُرُوقُ، وَثَبَتَ[2] الأَجْرُ إِنْ شَاءَ اللهُ»[3]
މާނައީ: "ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ނެމިއްޖެއެވެ. އަދި ﷲގެ އިރާދަފުޅާ އެކު އަޖުރު ޘާބިތުވެއްޖެއެވެ."
[1] أخرجه الدارقطني (185/2). މި ޙަދީޘް ޝައިޚް އަލްބާނީ ވަނީ ޟަޢީފު ކުރައްވާފައެވެ. ބައްލަވާ: الإرواء (919)
[2] މިއީ މި ޙަދީޘް ސުނަނު ފޮތްތަކުގައިވާ ގޮތަށް އިޞްލާޙު ކޮށްފައެވެ. އިމާމު ބުހޫތީ (ނޔވ 1051) މި ޙަދީޘުގައި "ثَبَتَ"ގެ ބަދަލުގައި ގެންނަވައިފައި ވަނީ "وَجَبَ"މި ލަފުޡެވެ. އިމާމު ބުހޫތީގެ ޢިބާރާތަށް ބަދަލު ގެނެސްފައި މި ވަނީ އެއީ ޙަދީޘެއްކަމުންނެވެ.
[3] أخرجه الدارقطني (185/2)، وأبو داود في "السنن"، كتاب : الصوم باب القول عند الإفطار (531/2) رقم (2357)، وحسنه الألباني في "الإرواء" (920)
