ރޯދައިގެ ބައެއް ސުންނަތްތައްހެޔޮޢަމަލުތައް ގިނަކުރުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ހެޔޮޢަމަލުތައް ގިނަކުރުން
އަދި ރޯދަވެރިޔާގެ މައްޗަށް ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުމާއި ޛިކުރުކުރުން ގިނަކުރުމާއި ޞަދަޤާތްދިނުން ގިނަކުރުން އަދި މަކުރޫހަ ކަންކަމުން ދޫ ރައްކާތެރިކުރުން ސުންނަތްވެގެންވެއެވެ. އަދި ޙަރާމު ކަންކަމުން ދޫ ރައްކާތެރިކުރުން ރޯދަވެރިޔާގެ މައްޗަށް ވާޖިބެވެ.
އަދި ޣީބައެއް ބުނެގެން ރޯދައެއް ނުގެއްލޭނެއެވެ. އިމާމު އަޙްމަދު (رَحِمَهُ اللهُ) ވިދާޅުވިއެވެ.
[1] މާނައަކީ ޣީބަ ބުނުމަކީ ރޯދަގެއްލޭކަމެއް ނަމަ، ހަމަ އެކެއްގެ ވެސް ރޯދަ ޞައްޙައެއް ނުވާނެއެވެ.
