ރޯދައިގެ ބައެއް ސުންނަތްތައްހާރުކެއުމާއި ހާރުކެއުން ލަސްކުރުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ހާރުކެއުމާއި ހާރުކެއުން ލަސްކުރުން
ފަޖުރު ލައިފި ކަމާމެދު ޝައްކުވެފައި ވަނިކޮށް ޖިމާޢުވުން މަކުރޫހައެވެ. އިމާމު އަޙްމަދު ނައްޞުކުރެއްވިއެވެ.[1] ސަބަބަކީ އެއީ (އެބަހީ: ޖިމާޢުވުމަކީ) ރޯދައަށް ހުރުމަށް މީހާގެ ހަށިގަނޑު ވަރުގަދަކޮށް ތައްޔާރުކޮށްދޭ ކަމަކަށް ނުވާތީއެވެ. އަދި އެއީ ކައްފާރާ ވާޖިބުވުމުގެ މައްޗަށް ހުށަހެޅިގަތުން ވެސް އޭގައި ވާތީއެވެ.
މިއާ ޚިލާފަށް، ފަޖުރު ލައިފި ކަމާ މެދު ޝައްކުވެފައި ވަނިކޮށް ހާރުކެން މަކުރޫހައެއް ނޫނެވެ. އިމާމު އަޙްމަދު ނައްޞުކުރެއްވިއެވެ. އަދި "އައްރިޢާޔަތު"ގައި ވެއެވެ. އެންމެ އައުލާއީ މި ބުނެވުނު ޙާލަތުގައި ނުކެއުމެވެ. މި ފަދައިން އަލްމަޖްދު (رَحِمَهُ اللهُ) ކަނޑައެޅުއްވިއެވެ.
ރޯދަވެރިޔާގެ މައްޗަށް ހާރުކެއުމަކީ ސުންނަތެކެވެ. އެއީ (އަންނަނިވި) ހަދީޘްފުޅުގެ މައްޗަށް ބިނާކޮށެވެ. (ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.) تَسَحَّرُوا، فإنَّ في السَّحُورِ بَرَكَةً. މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތެއް ވެއެވެ." މި ޙަދީޘް ބުޚާރީ އަދި މުސްލިމު ނެރުއްވިއެވެ.[ ]
«تَسَحَّرُوا، فإنَّ في السَّحُورِ بَرَكَةً.»
މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއްވެއެވެ."
މި ޙަދީޘް ބުޚާރީ އަދި މުސްލިމު ނެރުއްވިއެވެ.[2]
ފަޖުރުލައިފާނެ ކަމުގެ ބިރު ހީ ނުވާ ނަމަ، ހާރުކެއުން ލަސްކުރުމަކީ ސުންނަތެކެވެ. އެއީ ޒައިދު ބުން ޘާބިތު (رَضِيَ اللهُ عَنْهُ)ގެ އަންނަނިވި ޙަދީޘްފުޅުގެ މައްޗަށް ބިނާކޮށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
«تَسَحَّرْنَا مع رَسولِ اللهِ صَلَّى اللهُ عليه وَسَلَّمَ، ثُمَّ قُمْنَا إلى الصَّلَاةِ. قُلتُ: كَمْ كانَ قَدْرُ ما بيْنَهُمَا، قالَ: خَمْسِينَ آيَةً»
މާނައީ: "ތިމަންބޭކަލުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާ އެކު ހާރަށް ފަރީއްކުޅުއްވީމެވެ. ދެން ތިމަންބޭކަލުން (ފަތިސް) ނަމާދަށް ތެދުވެވަޑައިގެންނެވީމެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. (އެބަހީ: އަނަސްގެފާނު ޒައިދު ބުން ޘާބިތަށް ދެއްނެވިއެވެ): "އެ ދޭތެރޭގެ ވަޤުތަކީ ކިހައި މިންވަރެއްތޯއެވެ؟" (ޖަވާބުގައި ޒައިދުގެފާނު) ވިދާޅުވިއެވެ: "50 އާޔަތް ކިޔާލުމަށް ހޭދަވާނެ ވަޤުތެވެ."
މި ޙަދީޘް ބުޚާރީ އަދި މުސްލިމު ނެރުއްވިއެވެ.[3]
ހާރުކެއުން ލަސްކުރުން އެދެވިގެންވާ ސަބަބަކީ ހާރުކެއުމުގެ މަޤްޞަދަކީ ރޯދައަށް ހަށިގަނޑު ވަރުގަދަކޮށް ތައްޔާރުކުރުމެވެ. އަދި ހާރުކެއުން ފަޖުރުލުމާއި ކައިރިކުރި ވަރަކަށް އެ މީހަކަށް އެ ކަމުގެ ފައިދާ ބޮޑު ވެއެވެ.
ބުއިމަކުން ވިޔަސް ހާރުކެއުމުގެ މާތްކަން އެ މީހަކަށް ޙާޞިލުވާނެއެވެ. އެއީ އަންނަނިވި ޙަދީޘްފުޅުގެ މައްޗަށް ބިނާކޮށެވެ. (ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.)
«وَلَو أَنْ يَجرَعَ أَحدُكم جَرعَةً مِن مَاءٍ»[4]
މާނައީ: "އަދި އެއީ އެ މީހަކު ފެންކޯވަރެއް ބޮއެގެން ނަމަވެސް މެއެވެ."
ހާރުކެއުމުގެ މާތްކަން އެންމެ ފުރިހަމައަށް ޙާޞިލު ވާނީ އެއްޗެއް ކައިގެންނެވެ. އެއީ އެ ކަމުގައި ޙަދީޘް އައިސްފައި ވާތީއެވެ. އަދި ހާރުކެއުމުގެ މާތްކަން އެންމެ ފުރިހަމައަށް ޙާޞިލު ވުމުގައި އެ ކާ އެއްޗަކީ ކަދުރުކަމުގައި ވެސް ވާންވާނެއެވެ. އެއީ (އަންނަނިވި) ޙަދީޘްފުޅުގެ މައްޗަށް ބިނާކޮށެވެ. (ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.)
«نِعمَ سَحُورُ المُؤمِنِ التَّمرُ»[5]
މާނައީ: "މުއުމިނާ ހާރުކެއުމަށް ކަދުރުގެ މޮޅުކަމާއެވެ."
[1] ޙަންބަލީ މަޛްހަބުގެ ފޮތްތަކުގައި نصًّا، نَصَّ عَلَيْهِ، اَلْمَنْصُوْصُ عَلَيْهِ، اَلْمَنْصُوْصُ عَنْهُ "އިމާމު އަޙްމަދު ނައްޞު ކުރެއްވި ނުވަތަ އިމާމު އަޙްމަދުގެ އަރިހުން ނައްޞު ކުރެވިފައި" މި ޢިބާރަތްތަކުގެ މާނައަކީ އިމާމު އަޙްމަދުގެ އަރިހުން އެ މައްސަލައެއްގައި މާނަ ސާފުކޮށް ޞަރީޙަކޮށް ބަސްފުޅު އައިސްފައި ވުމެވެ. -رَضِيَ اللهُ عَنْهُ- ބައްލަވާ: اَلْإِنْصَافُ فِي مَعْرِفَةِ الرَّاجِحِ مِنَ الْخِلَافِ - ت التركي (11/1)
[2] أخرجه البخاري في "صحيحه"، كتاب: الصوم باب بركة السحور (29/3) رقم (1923)، ومسلم في "صحيحه"، كتاب: الصيام باب فضل السحور (130/3) رقم (1095).
[3] أخرجه البخاري في "صحيحه"، كتاب: الصوم باب قدر كم بين السحور وصلاة الفجر (29/3) رقم (1921)، ومسلم في "صحيحه"، كتاب : الصيام باب فضل السحور (131/3) رقم (1097).
[4] أخرجه أحمد في "المسند" (150/17) رقم (11086). وحسنه الألباني في "صحيح الجامع" (3683)
[5] أخرجه أبو داود في "السنن"، كتاب: الصوم باب من سمى السحور الغداء (526/2) رقم (2345). وصححه الألباني في "الصحيحة" (922)
