ރޯދައިގެ ބައެއް ސުންނަތްތައްރޯދަވީއްލުން އަވަސްކުރުން

ނަޡީމް ނިޡާމް•10 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން
ރޯދަވީއްލުން އަވަސްކުރުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ރޯދަވީއްލުން އަވަސްކުރުން

އަދި އިރުއޮއްސިއްޖެ ނަމަ ރޯދަވީއްލުން އަވަސް ކުރުން ރޯދަވެރިޔާގެ މައްޗަށް ސުންނަތްވެގެންވެއެވެ. އަބޫ ހުރައިރާ (رَضِيَ اللهُ عَنْهُ)ގެ ފަރާތްޕުޅުން މަރުފޫޢުކޮށް ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. (ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.)

«يَقُولُ اللهُ: إنَّ أَحَبَّ عِبَادِي إِليَّ أَعْجَلُهُم فِطْرًا»[1]

މާނައީ: "މާތް ﷲ ވަޙީކުރެއްވިއެވެ: ހަމަކަށަވަރުން ތިމަން އިލާހުގެ ޙަޟުރަތުގައި އެންމެ ލޮބުވެތި މީހަކީ އެ މީހުންކުރެ ރޯދަވީއްލުން އެންމެ އަވަސް މީހާއެވެ."

މި ޙަދީޘް އިމާމު އަޙްމަދު އަދި އިމާމު ތިރްމިޛީ ރިވާކުރެއްވިއެވެ. އިމާމު ތިރްމިޛީ މި ޙަދީޘް ރިވާކުރެއްވުމަށް ފަހު ވިދާޅުވިއެވެ.

މިއީ ޙަސަނު ޣަރީބު ޙަދީޘެކެވެ.

ރޯދަވެރިޔާއަށް އިރު އޮއްސިއްޖެކަން ޔަޤީނާ ގާތަށް ހީވެއްޖެ ނަމަ، ރޯދަވީލުން ހުއްދައެވެ. އެހެންނަމަވެސް އެންމެ ރައްކާތެރި ގޮތަކީ ޔަޤީންވަންދެން މަޑުކުރުމެވެ.

[1] أخرجه أحمد في "المسند" (12/182) رقم (7241). والترمذي في "الجامع"، أبواب الصوم عن رسول الله صلى الله عليه وسلم باب ما جاء في تعجيل الإفطار (2/76) رقم (700).

މި ޙަދީޘް ޝައިޚު އަލްބާނީ ވަނީ ޟަޢީފު ކުރައްވާފައެވެ. ބައްލަވާ: المشكاة (1989)، التعليق الرغيب (2/95)، التعليقات الجياد/ضعيف الجامع الصغير (4041). އެ ނޫން ބައެއް އެހެން ބޭކަލުން ވެސް މި ޙަދީޘް ޟަޢީފުކުރައްވައެވެ. ނަމަވެސް އަޙްމަދު ޝާކިރު تخريج المسند (23/12) ގައި މި ޙަދީޘް ޞައްޙަކުރައްވާފައިވެއެވެ. އަދި އިބްނުލް މުލައްޤިން تحفة المحتاج (90/2)ގައި ވިދާޅުވެފައިވެއެވެ: މި ޙަދީޘް ޞައްޙައެވެ. ނުވަތަ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެކެވެ. އަދި އަލްމުންޛިރީ الترغيب والترهيب (150/1) ގައި ވިދާޅުވެފައިވެއެވެ: މި ޙަދީޘުގެ ސަނަދު ޞައްޙައެވެ. ނުވަތަ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެކެވެ. ނުވަތަ އެޔާއި ގާތްކުރާ ޙަދީޘެކެވެ. އަދި އިބްނު ބާޒު حاشية بلوغ المرام (405) ގައި މި ޙަދީޘްގެ ސަނަދަކީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމުގައި ވިދާޅުވެފައިވެއެވެ.

0 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.