ދެމަފިރިން އެކުގައި ހިނައިގަތުން

ނަޡީމް ނިޡާމް•7 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
ދެމަފިރިން އެކުގައި ހިނައިގަތުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެކަލޭގެފާނުގެ އަނބިކަނބަލުންގެ ތެރެއިން ބައެއް އަނބިކަނބަލުންނާ އެކު އެއް ކަންވާރަކުން ހިނައިގަނެފައިވާކަމީ ޞައްޙަ ސުންނަތުން ޘާބިތު ކަމެކެވެ. ޢާއިޝާ رَضِيَ اللهُ عَنْهَاގެ ކިބައިން އިމާމު ބުޚާރީ އަދި މުސްލިމު ރިވާކުރެއްވިއެވެ.

عَنْ عَائِشَةَ قَالَتْ: «كُنْتُ أَغْتَسِلُ أَنَا وَالنَّبِيُّ ﷺ مِنْ إِنَاءٍ وَاحِدٍ، تَخْتَلِفُ أَيْدِينَا فِيهِ»[1]

މާނައީ: "ޢާއިޝާ رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ: ތިމަން ކަމަނާއާއި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم، އެއް ކަންވާރަކުން ހިނައިގަންނަވާ އުޅުއްވީމެވެ. ތިމަން ދެ ކަނބަލުން (އެއް ބޭކަލެއްގެ އަތްޕުޅަށް ފަހު އަނެއް ބޭކަލެއްގެ) އަތްޕުޅު އެ ކަންވާރަށް ލައްވައެވެ."

އެހެން ރިވާޔަތެއްގައިވެއެވެ.

«كِلَانَا جُنُبٌ»[2]

މާނައީ: "އެއީ ތިމަން ދެ ކަނބަލުން ޖުނުބުވެރި ޙާލުގައި ވަނިކޮށެވެ."

އަދި ޢާއިޝާ رَضِيَ اللهُ عَنْهَاގެ ކިބައިން އިމާމު ނަސާއީ ރިވާކުރެއްވިއެވެ.

عن عائشةَ قالت: كنتُ أغتسلُ أنا ورسولُ الله ﷺ من إناءٍ واحد، أُبادِرُه ويُبادِرُني حتى يقول: «دَعِي لي»، وأقول أنا: «دَعْ لي»

މާނައީ: "ތިމަންކަމަނާއާއި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم، އެއް ކަންވާރަކުން ހިނައިގަންނަވާ އުޅުއްވީމެވެ. ތިމަންކަމަނާ އެކަލޭގެފާނަށް ވުރެ ކުރިން ފެން ނެންގެވުމަށް އަދި އެކަލޭގެފާނު ތިމަން ކަމަނާއަށް ވުރެ ކުރިން ފެން ނެންގެވުމަށް ވާދަކުރައްވައި މަސައްކަތްކުރައްވައެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރައްވައެވެ: ތިމަން ކަލޭގެފާނަށް ދޫކޮށްލައްވާށެވެ. އަދި ތިމަންކަމަނާ ވިދާޅުވަމެވެ. ތިމަން ކަމަނާއަށް ދޫކޮށްލައްވާށެވެ."

އަދި އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَاގެ ކިބައިން އިމާމު ބުޚާރީ ރިވާކުރެއްވިއެވެ.

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ ﷺ وَمَيْمُونَةَ كَانَا يَغْتَسِلَانِ مِنْ إِنَاءٍ وَاحِدٍ.[3]

މާނައީ: "ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އަދި މައިމޫނާ، އެއް ކަންވާރަކުން ހިނައިގަންނަވާ އުޅުއްވިއެވެ."

އަދި އަނަސް ބުނު މާލިކު رَضِيَ اللهُ عَنْهُގެ ކިބައިން އިމާމު ބުޚާރީ ރިވާކުރެއްވިއެވެ.

كَانَ النَّبِيُّ ﷺ وَالْمَرْأَةُ مِنْ نِسَائِهِ يَغْتَسِلَانِ مِنْ إِنَاءٍ وَاحِدٍ.[4]

މާނައީ: "ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންނާ އެކު އެއް ކަންވާރަކުން ހިނައިގަންނަވާ އުޅުއްވިއެވެ."

އަދި ޒައިނަބު ބިންތު އުއްމު ސަލަމާ رَضِيَ اللهُ عَنْهَاގެ ކިބައިން އިމާމު މުސްލިމު ރިވާކުރެއްވިއެވެ.

أَنَّ زَيْنَبَ بِنْتَ أُمِّ سَلَمَةَ حَدَّثَتْهُ أَنَّ أُمَّ سَلَمَةَ حَدَّثَتْهَا قَالَتْ: «وَكَانَتْ هِيَ وَرَسُولُ اللهِ ﷺ يَغْتَسِلَانِ فِي الْإِنَاءِ الْوَاحِدِ مِنَ الْجَنَابَةِ»[5]

މާނައީ: "އެއް ކަންވާރަކުން، އެ ކަމަނާއާއި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޖުނުބުވެރިކަމުން ހިނައިގަންނަވާ ކަމުގައި ވިއެވެ."

ފިރިހެނާ އޭނާގެ އަނބިކަނބުލޭގެއާ އެކު އެއް ކަންވާރަކުން ހިނައިގަތުމަކީ ދީނުގައި ޝަރުޢުވެގެން ވާ ކަމެއްކަން މި ޙަދީޘް ބަސްފުޅުތަކުން ދަލީލުކޮށްދެއެވެ.

އިމާމު ނަވަނީ (ނޔވ 676) ވިދާޅުވިއެވެ.

"އަދި ފިރިހެނާ އޭނާގެ އަނބިކަނބުލޭގެއާ އެކު އެއް ކަންވާރަކުން ޠާހިރުވެގަތުމާ މެދު ދަންނައެވެ. ފަހެ މިއީ ޢިލްމުވެރިންގެ އިޖުމާޢުން ހުއްދަ ކަމެކެވެ. އެއީ މި ބާބުގައި އައިސްފައި ވާ ޙަދީޘް ބަސްފުޅުތަކުގެ މައްޗަށް ބިނާކޮށެވެ."[6]

އިމާމު ޝައުކާނީ (ނޔވ 1250) ވިދާޅުވިއެވެ.

"އަދި ފިރިހެނާ އޭނާގެ އަނބިކަނބުލޭގެއާ އެކު ހިނައިގަތުމާއި ވުޟޫކުރުމާ މެދު އެއްވެސް ޚިލާފެއް ނުވެއެވެ."[7]

މަޞްދަރު: موقع الإسلام سؤال وجواب.

[1] أخرجه البخاري (261)، ومسلم (319)

[2] أخرجه البخاري (299)

[3] أخرجه البخاري (253) واللفظ له، ومسلم (322) باختلاف يسير.

[4] أخرجه البخاري (264) مختصراً، وأحمد (12156) واللفظ له.

[5] أخرجه مسلم (296)

[6] شرح النووي على مسلم "المنهاج شرح صحيح مسلم بن الحجاج" (2/4)

[7] نيل الأوطار شرح منتقى الأخبار - ط الحديث (43/1)

[9] أخرجه النسائي (414)

12 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް