ރޯދައިގެ ބައެއް ސުންނަތްތައްމަޣްރިބު ނަމާދު ކުރުމުގެ ކުރިން ރޯދަވީއްލުން

ނަޡީމް ނިޡާމް•10 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން
މަޣްރިބު ނަމާދު ކުރުމުގެ ކުރިން ރޯދަވީއްލުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

މަޣްރިބު ނަމާދު ކުރުމުގެ ކުރިން ރޯދަވީއްލުން

އެންމެ މޮޅުއިތުރުވެގެން ވަނީ މަޣްރިބު ނަމާދުގެ ކުރިން ރޯދަވީއްލުމެވެ. އެއީ އަނަސް (رَضِيَ اللهُ عَنْهُ)ގެ އަންނަނިވި ޙަދީޘްފުޅުގެ މައްޗަށް ބިނާކޮށެވެ.

«مَا رَأيتُ رَسُولَ اللهُ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ يُصَلِّى حتَّى يُفطِرَ، ولَو علَى شَرَبةٍ مِن مَاءٍ»[1]

މާނައީ: "ރޯދަ ވީއްލަވަނީ ފެންކޯވަރެއްގެ މައްޗަށްކަމުގައި ވިޔަސް، ރޯދަވީއްލެވުމަށް ފަހު މެނުވީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ (މަޣްރިބު) ނަމާދު ކުރައްވާތީ ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ."

މި ޙަދީޘް އިބްނު ޢަބްދިލްބައްރު ރިވާކުރެއްވިއެވެ.

[1] أخرجه ابن عبد البر في "التمهيد"، (20/23)، وهو عند ابن خزيمة (2063)، وابن حبان (3504)، وصححه الألباني في "الصحيحة" (2110)

0 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.