ރޯދައިގެ ބައެއް ސުންނަތްތައްދުލުގެ ފާފަތަކުން ރައްކާތެރިވުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ދުލުގެ ފާފަތަކުން ރައްކާތެރިވުމަކީ ވާޖިބެއް
އަދި ކޮންމެ ޙާލަތެއްގައި ވެސް ދޮގުހެދުމުންނާއި ޣީބަބުނުމުންނާއި ދެބައޮޑުވުމުންނާއި މީހުންނަށް އެއްޗެހިގޮވައި ފުރައްސާރަކުރުމުންނާ އަދި ފާޙިޝްކަންކަމުން ދުރުހެލިވުން ވާޖިބުވެގެން ވެއެވެ. އެއީ އަނަސް (رَضِيَ اللهُ عَنْهُ)ގެ ފަރާތްޕުޅުން މަރުފޫޢުކޮށް ރިވާވެގެން ވާ އަންނަނިވި ޙަދީޘް ފުޅަށް ބިނާކޮށެވެ. (ރަސޫލާ صَلَّىٰ الله عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.)
لمَّا عُرِجَ بي مَرَرْتُ بِقومٍ لهُمْ أَظْفَارٌ من نُحاسٍ، يَخْمُشُونَ وُجُوهَهُمْ وصُدُورَهُمْ، فقُلْتُ: مَنْ هؤلاءِ يا جبريلُ، قال: هؤلاءِ الذينَ يأكلونَ لُحُومَ الناسِ، ويَقَعُونَ في أَعْرَاضِهِمْ.[1]
މާނައީ: "ތިމަންނަބިއްޔާއާއިގެން މިޢުރާޖުކުރެއްވުނު އިރު، ލޮއިން ވާ ނިޔަފަތިތަކެއް ލިބިގެންވި ބަޔަކާއި ދިމާވިއެވެ. އަދި އެބައިމީހުންގެ އެ ނިޔަފަތިތަކުން އެބައިމީހުންގެ މޫނުތަކާއި މޭތަކުގައި ވަކިއަޅަމުން ދިޔައެވެ. ތިމަން ނަބިއްޔާ ޙަދީޘްކުރެއްވީމެވެ: "ޖިބްރީލްގެފާނެވެ! އެއީ ކޮންބައެއްތޯއެވެ؟" ޖިބްރީލްގެފާނު ވިދާޅުވިއެވެ: "އެބައިމީހުންނަކީ މީސްތަކުންގެ މަސްކައި އަދި މީސްތަކުންގެ އަބުރަށް އަރައި އުޅުނު މީހުންނެވެ."
ރަމަޟާން މަހާއި، ދެ ޙަރަމްފުޅު ފަދަ މާތްވެގެން ވާ ތަންތަނުގައި މިކަންކަމުން ދުރުހެލިވުން މާބޮޑަށް އައުލާވެގެން ވެއެވެ. އެއީ އަބޫހުރައިރާ (رَضِيَ اللهُ عَنْهُ)ގެ ފަރާތްޕުޅުން މަރުފޫޢުކޮށް ރިވާވެގެން ވާ ޙަދީޘްފުޅުގެ މައްޗަށް ބިނާކޮށެވެ. (ރަސޫލާ صَلَّىٰ الله عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.)
مَن لَمْ يَدَعْ قَوْلَ الزُّورِ والعَمَلَ، فليسَ لِلَّهِ حاجَةٌ في أنْ يَدَعَ طَعامَهُ وشَرابَهُ.[2]
މާނައީ: "ހަޑި ހުތުރު ބަސްބުނުމާއި، ނުބައި ޢަމަލުތައް ކުރުމުން ދުރުހެލި ނުވާ މީހަކު، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ބޭނުންވެވޮޑިގެން ނުވެތެވެ."
މި ޙަދީޘް ބުޚާރީ އަދި އެ ނޫން ބޭކަލުން ވެސް ރިވާކުރެއްވިއެވެ. މާތްވެގެންވާ ދުވަސްވަރުތަކާއި ތަންތަނާއި ގުޅިގެން ހެޔޮކަންތަކުގެ ޖަޒާއާއި ނުބައިކަންކަމުގެ ފާފަ އިތުރުވެގެންވެއެވެ. އިމާމު އަޙްމަދު (رَحِمَهُ اللهُ) ވިދާޅުވިއެވެ.
އެ ބޭކަލުން ރޯދަ ހިއްޕަވައިފި ނަމަ، މިސްކިތުގައި މަޑުކުރައްވައެވެ. އަދި ވިދާޅުވެއެވެ. ތިމަން ބޭކަލުންގެ ރޯދަ ތިމަން ބޭކަލުން ރައްކާތެރި ކުރައްވާ ހުށީމެވެ! އަދި އެއްވެސް މީހެއްގެ މައްޗަށް ޣީބަ ނުބުނާހުށީމެވެ! އެ ބޭކަލުން އެ ބޭކަލުންގެ ރޯދައަށް އަސަރެއް ކުރުވާ ފަދަ އެއްވެސް ކަމެއް ނުކުރައްވައެވެ.
