ރޯދައިގެ ބައެއް ސުންނަތްތައްކަދުރުން ރޯދަވީއްލުން

ނަޡީމް ނިޡާމް•10 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން
ކަދުރުން ރޯދަވީއްލުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ކަދުރުން ރޯދަވީއްލުން

ރޯކަދުރަކުން ރޯދަވީއްލުން ސުންނަތްވެގެން ވެއެވެ. ރޯކަދުރެއް ނުލިބެއްޖެ ނަމަ، ހިކިކަދުރަކުންނެވެ. އަދި ހިކިކަރުދު ވެސް ނުލިބިއްޖެ ނަމަ ފެންފޮދަކުންނެވެ. އެއީ އަނަސް (رَضِيَ اللهُ عَنْهُ)ގެ އަންނަނިވި ޙަދީޘްފުޅުގެ މައްޗަށް ބިނާކޮށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

"ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ [މަޣްރިބު] ނަމާދުކުރެއްވުމުގެ ކުރިއަށް ރޯކަދުރުން ރޯދަވީއްލަވައެވެ. އަދި ރޯކަދުރު ނެތްނަމަ ހިކިކަދުރުންނެވެ. އަދި ހިކިކަދުރު ވެސް ނެތްނަމަ، ފެން ކޯވަރަކަށް ފަހު، ފެން ކޯވަރެއް ހިއްޕަވައިގެން ރޯދަވީއްލަވައެވެ."

މި ޙަދީޘް ރިވާކުރެއްވީ އަބޫ ދާވޫދާއި ތިރްމިޛީއެވެ.[1] ތިރްމިޛީ މި ޙަދީޘް ރިވާކުރެއްވުމަށް ފަހު ވިދާޅުވިއެވެ.

މިއީ ޙަސަނު ޣަރީބު ޙަދީޘެކެވެ.

އަދި ރޯކަދުރާއި ހިކިކަދުރުގެ މާނައިގެ ތެރެއަށް އަލިފާން ބޭނުން ނުކޮށް ތައްޔާރު ކުރާ ފޮނި ކޮންމެ އެއްޗެއް ވަންނާނެއެވެ.

[1] أخرجه أبو داود في "السنن"، كتاب : الصوم باب ما يفطر عليه (531/2) رقم (2356)، والترمذي في "الجامع"، أبواب الصوم عن رسول الله صلى الله عليه وسلم باب ما جاء ما يستحب عليه الإفطار (73/2) رقم (696)، وحسنه الألباني في "الإرواء" (919)

2 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.