އިންސާނުން ހައްދަވާފައިވާ ހަތަރު ގޮތެއް

ނަޡީމް ނިޡާމް•8 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން
އިންސާނުން ހައްދަވާފައިވާ ހަތަރު ގޮތެއް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ފަހެ ﷲ ތަޢާލާ (އެ އިލާހުގެ) ޚަލްޤުތަކުން ކުރެ، އިންސާނުން ހައްދަވާފައި ވަނީ ހަތަރު ގޮތަކަށެވެ.

  1. ފުރަތަމަ ގޮތަކީ ފިރިހެނަކާއި އަދި އަންހެނަކާ ވެސް ނުލައި ހެއްދެވުމެވެ. އެއީ އާދަމު صَلَوَاتُ اللهِ وَسَلَامُهُ عَلَيهِ އެވެ.
  2. ދެވަނަ ގޮތަކީ އަންހެނަކާ ނުލައި ފިރިހެނެއްގެ ފަރާތުން ހެއްދެވުމެވެ. އެއީ ޙައްވާ [عَلَيهَا السَّلَامُ] އެވެ.
  3. ތިންވަނަ ގޮތަކީ ފިރިހެނަކާ ނުލައި އަންހެނެއްގެ ފަރާތުން ހެއްދެވުމެވެ. އެއީ ޢީސާ [عَلَيهِ السَّلَامُ] އެވެ.
  4. ހަތަރުވަނަ ގޮތަކީ ފިރިހެނަކާއި އަދި އަންހެނެއްގެ ފަރާތުން ހެއްދެވުމެވެ. އެއީ (ބަޔާންވެ ދިޔަ ފަރާތްތައް ފިޔަވައި) އެހެން ހުރިހާ އިންސާނުންނެވެ. މި ހުރިހާ އެންމެން ވެސް ހެއްދެވިފައި ވަނީ ފިރިހެނަކާއި އަދި އަންހެނެއްގެ ފަރާތުންނެވެ.

މަޞްދަރު: فبهداهم اقتده (45/1)

5 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް