މަލާއިކަތުންގެ އަށް މަސައްކަތެއް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
މަލާއިކަތުންގެ އަށް މަސައްކަތެއް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

މުއުމިނުންނަށް ފާފަފުއްސަވައި ދެއްވުމަށް އެދުން

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَالْمَلَائِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِي الْأَرْضِ﴾

[الشُّورَى]

މާނަައީ: "އަދި މަލާއިކަތުން އެއުރެންގެ ރައްބަށް ޙަމްދުކޮށް، ތަޞްބީޙަ ވިދާޅުވެއެވެ. އަދި ބިންމަތީގައިވާ މީސްތަކުންނަށް ފާފަފުއްސެވުމަށް އެއުރެން ﷲގެ ޙަޟްރަތުގައި ދަންނަވައެވެ."

ހުކުރު ނަމާދަށް ޙާޟިރުވާ މީހުން ބެލުން

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«إذا كان يوم الجمعة وقفت الملائكة على باب المسجد يكتبون الأول فالأول، فإذا خرج الإمام طووا صحفهم وجلسوا يستمعون الذكر»[1]

މާނަައީ: {ހުކުރު ދުވަސްކަމުގައި ވާނަމަ، މަލާއިކަތުން މިސްކިތުގެ ދޮރުމަތީގައި ތިއްބަވައެވެ. އަދި (ހުކުރު ނަމާދަށް އަންނަ މީހުންގެ) ފަހަރަކު މީހެއްގެ ނަން ތަރުތީބުން ލިޔުއްވައެވެ. ފަހެ އިމާމު މީހާ (ޚުޠުބާ ދިނުނަށް) ނިކުމެއްޖެ ނަމަ، އެ ބޭކަލުންގެ ފަތްފުށްތައް ލައްޕަވައި އިށީންދެވަޑައިގަންނަވައެވެ. އަދި ޛިކުރު (ޚުޠުބާ) އަޑުއައްސަވައެވެ."

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް އެކަލޭގެފާނުގެ އުންމަތުގެ (މީހުންގެ) ސަލާމް ފޯރުކޮށްދިނުން

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«إِنَّ لِلَّهِ مَلَائِكَةً سَيَّاحِينَ فِي الْأَرْضِ يُبَلِّغُونِي عَنْ أُمَّتِي السَّلَامَ»[2]

މާނަައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ ފަރާތުން ތިމަންކަލޭގެފާނަށް ސަލާމް ފޯރުކޮށްދިނުމަށް ބިންމަތީގައި ހިންގަވާ މަލާއިކަތުން ﷲއަށް ވެއެވެ."

މުއުމިނުންނާ އެކު ހަނގުރާމަކުރެއްވުން

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ﴾

[الأَنفَال 09]

މާނަައީ: "ތިޔަބައިމީހުން ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުގައި ނަޞްރާއި ސަލާމަތަށް އެދި ދުޢާ ދެންނެވިހިނދުން، އެ އިލާހު ތިޔަބައިމީހުންނަށް ދުޢާ އިޖާބަކުރެއްވިއެވެ. (އެ އިލާހު ވަޙީކުރެއްވިއެވެ.) އެއްބޭކަލަކަށްފަހު އަނެއް ބޭކަލަކު ވިދިވިދިގެން ވަޑައިގަންނަވާނޭ އެއްހާސް މަލާއިކަތް ބޭކަލުން ތިޔަބައިމީހުންނަށް އެހީވުމަށް ފޮނުއްވައިގެން މަދަދު ކުރައްވާހުށީމެވެ."

އަދިވެސް އެ އިލާހު سُبْحَانَهُ وَتَعَالَى ވަޙީކުރެއްވިއެވެ.

﴿إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا﴾

[الأَنفَال 112]

މާނަައީ: "އަދި ކަލޭގެފާނުންގެ ރައްބު މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަފުޅުކުރައްވާށެވެ! ތިމަންއިލާހު ތިޔަބޭކަލުންނާ އެކު ވޮޑިގެންވަމެވެ. ފަހެ އިމާންވެގެންވާ މީސްތަކުން ޘާބިތުކުރައްވާށެވެ!"

ހެޔޮލަފާ ޞާލިޙުންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުން

ސަޢްދު ބުން މުޢާޛު رَضِيَ اللهُ عَنْهُއާ ބެހޭގޮތުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«هَذَا الَّذِي تَحَرَّكَ لَهُ الْعَرْشُ وَفُتِحَتْ لَهُ أَبْوَابُ السَّمَاءِ وَشَهِدَهُ سَبْعُونَ أَلْفًا مِنَ الْمَلَائِكَةِ»[3]

މާނައީ: "އެ ބޭކަލަކަށް ޓަކައި ޢަރުޝިކޮޅު ގުޑައިގެން ދިޔަ ބޭކަލަކީ މިއީއެވެ. އަދި އެކަލޭގެފާނަށް ޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުވިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ޖަނާޒާގައި ހަތްދިހަ ހާސް މަލާއިކަތްބޭކަލުން ބައިވެރި ވެވަޑައިގެންނެވިއެވެ."

މުއުމިނުންގެ ދުޢާއަށް އާމީން ވިދާޅުވުން

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«دَعْوَةُ المَرْءِ المُسْلِمِ لأَخيهِ بِظَهْرِ الغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لأَخِيهِ بِخَيْرٍ قَالَ المَلَكُ المُوَكَّلُ بِهِ: آمِينَ، وَلَكَ بِمِثْلٍ»[4]

މާނައީ: "މުސްލިމު އަޅާ އޭނާގެ އަޚާ ނެތްތަނުގައި ކޮށްދޭ ދުޢާ އަކީ އިޖާބަވެގެންވާ ދުޢާއެކެވެ. އޭނާގެ ބޮލުގެ ކައިރީ މަލާއިކަތަކު ހުންނަވައެވެ. އަދި އޭނާގެ އަޚާއަށް ހެޔޮކަމަށް ދުޢާ ކޮށްދޭ ކޮންމެ ފަހަރަކު، އެ ކަމާއި ހަވާލުކުރެވިގެންވާ މަލާއިކަތާ ވިދާޅުވެއެވެ. އާމީން އެވެ. އަދި ތިބާއަށް ވެސް މެއެވެ."

ޛިކުރާއި ޢިލްމުގެ މަޖިލިސްތައް މަލާއިކަތުންގެ ފިޔަފުޅުތަކުން ވަށާލެއްވުން

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«إنَّ لِلَّهِ مَلائِكَةً .. يَطُوفُونَ في الطُّرُقِ يَلْتَمِسُونَ أهْلَ الذِّكْرِ، فإذا وجَدُوا قَوْمًا يَذْكُرُونَ اللَّهَ فَيَحُفُّونَهُمْ بأَجْنِحَتِهِمْ إلى السَّماءِ الدُّنْيا»[5]

މާނައީ: "ހަމަކަށަވަރުން މަގުތަކުގައި، ޛިކުރުގެ އަހުލުން ހޯއްދަވަމުން ގެންދަވާ މަލާއިކަތުން ﷲއަށް ވެއެވެ. ފަހެ އެ ބޭކަލުންނަށް ﷲ ހަނދުމަކުރާ ބަޔަކު ފެނިއްޖެ ނަމަ، އެ ބޭކަލުންގެ ފިޔަފުޅުތަކުން ދުނިޔޭގެ އުޑާ ހަމައަށް އެ ބަޔަކު ވަށާލައްވައެވެ."

ދައްޖާލުގެ ކިބައިން މައްކާއާއި މަދީނާ ހިމާޔަތްކުރުން

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«ليسَ مِن بَلَدٍ إلَّا سَيَطَؤُهُ الدَّجَّالُ، إلَّا مَكَّةَ والمَدِينَةَ؛ ليسَ له مِن نِقَابِهَا نَقْبٌ إلَّا عليه المَلَائِكَةُ صَافِّينَ يَحْرُسُونَهَا»[6]

މާނައީ: "މައްކާ އަދި މަދީނާ ފިޔަވައި ދައްޖާލު ނުވަންނާނެ އެއްވެސް ރަށެއް ނުވެއެވެ. އެ ތަނުގައި (އެބަހީ މައްކާ އަދި މަދީނާގައި) ފާރަވެރިވެ މަލާއިކަތުން ޞަފުތަކަށް ނުތިއްބަވާ އެއްވެސް ފަރުބަދައެއް ނުވެއެވެ."

މަޞްދަރު: الدرر السنية.

[1] أخرجه البخاري (929)، ومسلم (850)

[2] أخرجه النسائي (1282)، وأحمد (6/ 234)، والدارمي (2816) جميعهم بلفظه.

[3] أخرجه النسائي (2055) واللفظ له، وابن حبان (7034)، والطبراني (6/10) (5333)

[4] أخرجه البخاري في "الأدب المفرد" (625) واللفظ له، وأصله في صحيح مسلم (2733) باختلاف يسير.

[5] أخرجه البخاري (6408)، ومسلم (2689) بنحوه.

[6] أخرجه البخاري (1881)، ومسلم (2843)

12 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް