ރަމަޟާން މަސް ނިމުނު ނަމަވެސް..

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ލޮބުވެތި މުއުމިނު އަޚާއެވެ! އަދި އުޚްތާއެވެ!
ތިބާ ރޯދަ މައްސަރުގައި އުޅުނު ފަދައިން، އަހަރުގެ ބާކީ މަސްތަކުގައި ވެސް އުޅެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. ތިބާ އެ މައްސަރުގައި ކުރި ހެޔޮ ޢަމަލެއް ދޫކޮށްނުލައި ހުރުމަށް މަސައްކަތްކުރާށެވެ. އަދި ތިބާ އެ މައްސަރުގައި ދޫކޮށްލި ނުބައި ޢަމަލެއް ކުރުމަށް އަނބުރާ ނުދިއުމަށް މަސައްކަތް ކުރާށެވެ.
ބުނެވެއެވެ.
އަހަރުމެންގެ ރައްބު ވަޙީކުރެއްވިއެވެ.
﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾
[الحِجر 99]
"އަދި ކަލޭގެފާނަށް ޔަޤީންކަން (އެބަހީ މަރު) އަތުވެއްޖައުމަށް ދާންދެން ކަލޭގެފާނު ކަލޭގެފާނުގެ ރައްބަށް އަޅުކަންކުރައްވާށެވެ."
އަދިވެސް ވަޙީކުރެއްވިއެވެ.
﴿وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴾
[آل عِمرَان 99]
"އަދި މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!"
އަހަރުމެންގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«لَا تَكُنْ بِمِثْلِ فُلَانٍ كَانَ يَقُومُ اللَّيْلَ، فَتَرَكَ قِيَامَ اللَّيْلِ»[1]
މާނައީ: "ތިބާ މިވެނި މީހެއް ފަދައިން ނުވާށެވެ. (އޭނާ) ރޭއަޅުކަންކޮށް އުޅެފައި (ފަހުން) ރޭއަޅުކަންކުރުން ދޫކޮށްލިއެވެ."
އަދި މާތް ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލަކީ މަދުން ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލު ކަމުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ (އުއްމަތަށް) ޚަބަރުދެއްވާފައެވެ.[2]
މަޞްދަރު: الشيخ أ.د. سليمان بن سليم الله الرحيليގެ ބަސްކޮޅެއް.
