إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ސފަޟީލަތުއް ޝައިޚު މުޙައްމަދު ބުނު ޞާލިޙުލް ޢުޘައިމީން رَحِمَهُ اللهُއާ ސުވާލު ކުރެވުނެވެ. ލޮބުވެތި ޝައިޚެވެ. ފާފަކުރުން ދޫކޮށްލުމަށް އެހީތެރިވެދޭނެ ކަންތައްތަކަކީ ކޮބައިތޯއެވެ؟
ޖޖަވާބުގައި ޝައިޚު رَحِمَهُ اللهُ ވިދާޅުވިއެވެ.
ފާފަކުރުން ދޫކޮށްލުމަށް އިންސާނާއަށް އެންމެ ބޮޑަށް އެހޭތެރިވެދޭނެ ކަމަކީ މާތް ﷲއަށް ބިރުވެތިވުމެވެ. އަދި ﷲ ތަޢާލާގެ، މި ވަޙީބަސްފުޅު އަބަދު ވެސް ހަނދާނުގައި ބެހެއްޓުމެވެ.
﴿يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ﴾
[الانشِقَاق 06]
މާނައީ: "އޭ އިންސާނާއެވެ. ހަމަކަށަވަރުން ތިބާއީ، ތިބާގެ ރައްބުގެ ޙަޟްރަތަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ ތިބާ (އެ މަސައްކަތާއިގެން) އެ އިލާހާ ބައްދަލުވާނެތެވެ."
އަދި ކޮންމެ ޢަމަލެއް ކުރި ނަމަވެސް ކޮންމެ ވެސް ދުވަހަކުން، އޭނާ ކުރި ޢަމަލަކައިގެން އޭނާގެ ވެރި ރައްބާ ބައްދަލުކުރަން ޖެހޭނެކަމަށް އީމާންވެ އެ ކަން ޔަޤީންކުރުމެވެ.
ދެވަނަ ކަމަކީ: (ފާފަކުރުމުގެ) ފަހުގެ ނިމުމާ މެދު ވިސްނާ ފިކުރުކުރުމެވެ. ފާފަކުރުމުގެ ނިމުމަކީ ކޮބައިހެއްޔެވެ؟ ފާފައިގެ ނިމުން ވަނީ ވަރަށް ނުބައިކޮށެވެ. އެހެނީ އެ ކަމުގެ ސަބަބުން މާތް ﷲއަށް ފާފަކޮށް އުރެދުން އަޅާގެ މައްޗަށް ވަރަށް ކުޑަ ލުއިކަމަކަށް ވެގެންދެއެވެ. އަދި ޝިރުކުކުރުމަށް ވާޞިލުވަންދެން ޝައިޠާނާއާ އެކު އޭނާ އުޅެއެވެ. މިހެންވެ ބައެއް ޢިލްމުގެ އަހުލުން ވިދާޅުވެއެވެ. ހަމަކަށަވަރުން ފާފައަކީ ޝިރުކަށް ގެންގޮސްދޭ އެއްޗެކެވެ.
މާނައަކީ އިންސާނާ ފާފަކުރުމުގައި، މަރުޙަލާއަކަށް ފަހު މަރުޙަލާއެއް ކަޑައްތުކުރަމުންގޮސް، އޭގެ އެންމެ ކޮޅުނެއްކޮޅަށް -އަހަރުމެން ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.- ވާޞިލުވެއެވެ. ﷲ ތަޢާލާގެ އަންނަނިވި އާޔަތް، މި ކަމަށް ދަލީލުކޮށްދެއެވެ.
﴿إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ﴾، ﴿كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ﴾
[المُطَفِّفِين 13-14]
މާނައީ: "ތިމަންއިލާހުގެ އާޔަތްތައް އޭނާއަށް ކިޔައިދެއްވާހިނދު، އޭނާ ބުނެއެވެ. (ތިޔައީ) އެވޭލާމީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެ މީހުން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން އެ މީހުންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ."
ފަފެ ފާފަތަކުގެ ސަބަބުން ހިތުގައި ދަބަރުޖަހައި ހުރަހެއް ލެވުމުން، -އަހަރުމެން ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.- ﷲ ތަޢާލާގެ އާޔަތްތައް، ކީރިތި ޤުރުއާން އެ މީހުންނަށް ފެންނަނީ އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކުވާހަކަތަކެއް ފަދައިންނެވެ. ފަހެ އިންސާނާ ފާފަތަކުގެ ނިމުމާ މެދު ވިސްނާ ފިކުރުކުރުމަކީ، ފާފަކުރުން ދޫކޮށްލައި ހުއްޓާލުމުގެ ސަބަބެކެވެ.
ތިންވަނަ ކަމަކީ: ފާފަކުރުމުން އޭނާއަށް ލިބެނީ ހަމައެކަނި ﷲ ތަޢާލާއާ ދުރުވުންކަން ދަތުމެވެ. އަދި ﷲ ތަޢާލާއާ ދުރުވެއްޖެ ނަމަ، މުޖުތަމަޢުގެ މީހުން ވެސް އެ މީހަކާއި ދުރަށްޖެހި ފެއަށް ދެއެވެ. އެހެނީ އިންސާނާ ﷲ ތަޢާލާއާ ދުރުވެއްޖެ ނަމަ، އޭނާގެ ހިތުގައި އެކަނިވެރިކަން އުފެދެއެވެ. އަދި އޭނާގެ ކުރިމަތީގައިވާ ޞަފްޙާއަކުން މީސްތަކުން އޭނާގެ ޢައިބުތަކާއި ފާފަތައް ކިޔާ ފަދައިން ވާނެއެވެ. އަދި އޭނާގެ މައްޗަށް ނިކަމެތިކަން ލިޔެވިފައި ވާ ފަދައިން އޭނާ ދެކޭނެއެވެ. ފަހެ މިފަދަ ކަންތައްތަކާ މެދު ވިސްނާ ފިކުރުކުރުމަކީ ފާފަކުރުން ދޫކޮށްލުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ހަތަރުވަނަ ކަމަކީ: ފާފަކުރެވެނީ ނުރަނގަޅު މީހުންނާ އެކު އުޅެވޭތީކަމަށް ވާނަމަ، އެ މީހުންނާ އެކަހެރިވެ ދުރުވާށެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ނުބައި އެކުވެރިޔާ އަޅާކިޔުއްވާފައިވަނީ ގިރުނބަލަށް ފުމޭ މީހާއާއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إما أن يحرق ثيابك، وإما أن تجد منه رائحة خبيثة»[1]
މާނައީ: "(އެއްގޮތަކީ) އޭނާ ތިބާގެ ހެދުން އަންދާލާނެއެވެ. ނުވަތަ އޭނާގެ ކިބައިން ތިބާގެ ކިބައިގައި ނުބައި ވަހެއް ހިފާނެއެވެ."
މަޞްދަރު: لقاء الباب المفتوح (103/6)
[1] أخرجه البخاري (5534)، ومسلم (2628)