އެންމެ މާތް ދިހައެއް! ހެޔޮ ޢަމަލުތައް ގިނަކުރަމާ!

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
އެންމެ މާތް ދިހައެއް! ހެޔޮ ޢަމަލުތައް ގިނަކުރަމާ!

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

މި ބައްދަލުވުގައި ވާހަކަ ދައްކާލާނީ ޛުލްޙިއްޖާ މަހާ ބެހޭގޮތުންނެވެ. މި މައްސަރަކީ (ޛުލްޙިއްޖާ މަހަކީ) ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ޖެހިޖެހިގެން އަންނަ ތިން މަހުން އެއް މަހެވެ. ޙުރުމަތްތެރިކުރެވިގެން ވަނީ ހަތަރު މައްސަރެވެ. އެއީ ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމު މަހެވެ. މި ތިން މަސް އަންނަނީ ޖެހިޖެހިގެންނެވެ. ހަތަރުވަނަ މަހަކީ ޖުމާދުލް އާޚިރާއި ޝަޢުބާން މަހާއި މެދުގައިވާ ރަޖަބު މަހެވެ.

މި މައްސަރަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރެވެ. އެހެނީ މި މައްސަރުގައި އެހެން މައްސަރުތަކުގައި އަދާނުކުރާ ހެޔޮ ޢަމަލުތައް އަދާކުރެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ.

«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشَرَةِ قَالُوا: يَا رَسُولَ اللَّهِ، وَلَا الْجِهَادُ فِي سَبِيلِ اللَّهِ؟ قَالَ: وَلَا الْجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ»[1]

މާނައީ: "ހެޔޮ ޢަމަލުކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." އެ ބޭކަލުން ވިދާޅުވިއެވެ. "އޭﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ބޮޑަށްހެއްޔެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ބޮޑަށެވެ. (އެއީ) އޭނާގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނާންނަ މީހާ ފިޔަވައެވެ."

ޛުލްޙިއްޖާ މަހުގެ (ފުރަތަަމަ) ދިހަ ދުވަހުގައި ހެޔޮ ޢަމަލުކުރުން ގިނަކުރުން އެދެވިގެންވާ ކަމުގައި މި ޙަދީޘުން ދަލީލުކޮށްދެއެވެ. މިގޮތުން ކުރެވިދާނެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި: ތަސްބީޙަ ކިޔުމާއި، ތަހްލީލާއި ތަކްބީރުކިޔުން ގިނަކުރުން ހިމެނެއެވެ. ފަހެ اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَهَ إِلَّا اللهُ، اللهُ أَكْبَرُ، اللهُ أَكْبَرُ، وَللهِ الْحَمْدُ މިފަދައިން ކިޔާނީއެވެ.

އަދި ޞަދަޤާތް ދިނުން ގިނަކުރާނީއެވެ. ސަބަބަކީ މިއީ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ނަމާދުކުރުން ގިނަކުރާނީއެވެ. ސަބަބަކީ މިއީ ހަށިގަނޑުން ކުރެވޭނެ އެންމެ މާތްވެގެންވާ އަޅުކަމެވެ. އަދި ޤުރުއާން ކިޔެވުން ގިނަކުރާނީއެވެ. ސަބަބަކީ ޤުރުއާނަކީ އެންމެ މާތްވެގެންވާ ޛިކުރެވެ. ހެޔޮވެގެންވާ ކޮންމެ ޢަމަލެއް ވެސް ކުރުން ގިނަ ކުރާނީއެވެ. މި ދިހަ ދުވަހުގައި (ޢީދު ދުވަސް ފިޔަވައި) ރޯދަ ހިފާނީއެވެ. ސަބަބަކީ ރޯދައަކީ ވެސް ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. މި ދިހަ ދުވަހުގައި ރޯދަ ހިފުމަށް ޚާއްޞަވެގެންވާ ޙަދީޘެއް ނެތްކަމުގައި ވިޔަސް މެއެވެ. އެއީ ރޯދައަކީ ހެޔޮ ޢަމަލެކެވެ. ވުމާ އެކު މި ނުވަ ދުވަހުގައި ރޯދަ ހިފާނީއެވެ. އެހެނީ ދިހަ ވަނަ ދުވަހަކީ ޢީދު ދުވަހެވެ. ޢީދު ދުވަހުގައި ރޯދަ ނުހިފާނެއެވެ.

އަދި ޙައްޖުވެރިޔާ ފިޔަވައި ކޮންމެ މީހަކު ވެސް ޢަރަފާތް ދުވަހުގައި ރޯދަ ހިމުފަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. ސަބަބަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. أحتسب على الله أن يكفر السنة التي قبله والسنة التي بعده [1] މާނައީ: “(ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން) އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

«أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ»[2]

މާނައީ: "(ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން) އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަފުއްސަވާދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."

މަޞްދަރު: اللقاء الشهري [26] لابن عثيمين.

[1] أخرجه البخاري (969)

[2] أخرجه مسلم (1162)، وأبو داود (2425)، وأحمد (22650) مطولاً، والترمذي (749، 752) مفرقاً، وابن ماجه (1730، 1738) مفرقاً، وابن حبان (3632) واللفظ له.

5 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް