ޝުކުރުވެރިންގެ ތެރެއިން ވާނީ ކިހިނެއް؟

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
އިމާމު އިބްނުލް ޤައްޔިމު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.
މި ބަސްފުޅުން ޝުކުރުވެރިވުމުގައި ތިން ރުކުނެއް ވާކަން ދަލީލު ކޮށްދެއެވެ. އެއީ:
- (އިންސާނާގެ) ހިތުން ނިޢުމަތް ތަކަށް އިޢުތިރާފުވުން
- ނިޢުމަތް ތަކުގެ ވާހަކަ (ހެޔޮގޮތުގައި) ދެއްކުމާއި، ނިޢުމަތް ދެއްވި ފަރާތަށް ޘަނާ ދެންނެވުން
- ނިޢުމަތް ދެއްވި ފަރާތަށް ކިޔަމަންވުމުގެ ސަބަބެއް ކަމުގައި، އެ ނިޢުމަތްތައް ހެދުން
ނިޢުމަތްތަކުގެ ވާހަކަ ދެއްކުމާ މެދު ދަންނައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ﴾
[الضُّحَى 11]
މާނައީ: "އަދި ކަލޭގެފާނުގެ ރައްބު، ކަލޭގެފާނަށް ދެއްވި ނިޢުމަތްތަކުގެ ވާހަކަފުޅު ދައްކަވައި އުޅުއްވާށެވެ."
އައްސަޢްދީ رَحِمَهُ اللهُ ވިދާޅުވިއެވެ:
ނިޢުމަތް ދެއްވި ފަރާތަށް ކިޔަމަންވުމުގެ ސަބަބެއް ކަމުގައި، އެ ނިޢުމަތްތައް ހެދުމާމެދު ދަންނައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿اعْمَلُوا آلَ دَاوُودَ شُكْرًا﴾
[سَبَإ 13]
"އޭ ދާވޫދުގެފާނުގެ އާލުންނޭވެ. (އެ އިލާހަށް) ޝުކުރުވެރިވުމުގެ ގޮތުން ތިޔަބައިމީހުން (ހެޔޮ) އަމަލުކުރާށެވެ!"
ޝުކުރުވެރިވެވޮޑިގަތުމަކީ ﷲ ތަޢާލާގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅެކެވެ. އަދި އެ އިލާހުގެ އިސްމުފުޅުތަކުގެ ތެރޭގައި "އައްޝާކިރު" އަދި "އައްޝަކޫރު" ހިމެނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿فَإِنَّ اللَّهَ شَاكِرٌ عَلِيمٌ﴾
[البَقَرَة 158]
މާނައީ: "ފަހެ ހަމަކަށަވަރުން ﷲ އީ ޝުކުރުވެރިވެވޮޑިގަންނަވާ އަދި މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."
އަދިވެސް އެ އިލާހު ވަޙީކުރައްވާފައިވެއެވެ.
﴿إِنَّ اللَّهَ غَفُورٌ شَكُورٌ﴾
[الشُّورَى 23]
މާނައީ: "ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އަދި ޝުކުރުވެރިވެވޮޑިގަންނަވާ އިލާހެވެ."
ﷲ ތަޢާލާ އީ އެ އިލާހުގެ އަޅުތަކުންގެ ތެރެއިން އިޚްލާޞްތެރިންގެ މަދު ޢަމަލަށް ޝުކުރުވެރިވެވޮޑިގަންނަވާ އިލާހެވެ. އަދި ގިނަ އަޅުންގެ ފާފަތަކުން ޢަފޫ ކުރައްވަވާއިލާހެވެ. އަދި ކިއެއްހެއްޔެވެ! އެ އިލާހަކީ އެއްވެސް ޢަދަދެއް އަދި ޙިސާބެއް ނެތި އަޅުތަކުންގެ ހެޔޮކަންކަން ގިނަގުނަވެގެންވާ މިންވަރަށް އިތުރު ކުރައްވަވާ އިލާހެވެ.
ޝުކުރުވެރި ވުމަކީ ނަބީބޭކަލުންގެ ޞިފަފުޅުތަކުގެ ތެރެއިން ވެސް ޞިފަފުޅެކެވެ.
ނޫޙު عَلَيهِ السَّلَامُއާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا﴾
[الإِسرَاء 03]
މާނައީ: "ނޫޙު (عَلَيهِ السَّلَامُ)އާ އެކު (ނައުކޮޅުގައި) ތިމަންއިލާހު އުފުއްލެވި މީހުންނޭވެ! ހަމަކަށަވަރުން އެކަލޭގެފާނު (ނޫޙު عَلَيهِ السَّلَامُ) ވެވަޑައިގަތީ ގިނައިން ޝުކުރުކުރައްވާ އަޅެއް ކަމުގައެވެ."
އިބްރާހީމް عَلَيهِ السَّلَامُއާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ﴾
[النَّحل 121]
މާނައީ: "އެ އިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރު ކުރައްވާ ބޭކަލަކު ކަމުގައި (އިބްރާހީމް عَلَيهِ السَّلَامُ) ވިއެވެ. އަދި އެ އިލާހު އެކަލޭގެފާނަށް ޚިޔާރު ކުރައްވައި، ސިދާވެގެންވާ ތެދުމަގަށް އެކަލޭގެފާނަށް ހިދަޔާތް ދެއްކެވިއެވެ."
ޝުކުރުވެރިންގެ އެންމެ އިސް ފަރާތް ކަމުގައިވާ އަހަރެމެންގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«أَفَلاَ أَكُونُ عَبْدًا شَكُورًا»[2]
މާނައީ: "ފަހެ ޝުކުރުކުރާ އަޅުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވާންވީ ހެއްޔެވެ!؟"
ޝުކުރުވެރިވުމަށް އަމުރުކުރައްވާފައިވުން
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ﴾
[البَقَرَة 152]
މާނައީ: "ފަހެ ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަކުރާށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ. އަދި ތިޔަބައިމީހުން ތިމަންއިލާހަށް ޝުކުރުކުރާށެވެ. އަދި ތިޔަބައިމީހުން ތިމަންއިލާހަށް ކާފަރުނުވާށެވެ."
ޝުކުރުވެރިވުމުގެ ނަތީޖާ
**ޝުކުރުވެރިވުމަކީ މުއުމިނުންގެ ޞިފައެއް. ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ ރުއްސެވުން ލިބޭނޭ ކަމެއް.**
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَإِن تَشْكُرُوا يَرْضَهُ لَكُمْ﴾
[الزُّمَر 07]
މާނައީ: "އަދި ތިޔަބައިމީހުން ޝުކުރުކުރާ ނަމަ، އެ އިލާހު ތިޔަބައިމީހުންނަށް ރުހިވޮޑިގަންނަވައެވެ."
ޝުކުރުވެރިވުމަކީ ޢަޛާބުން އަމާންކަން ލިއްބައިދޭނެ ކަމެއް
﴿مَّا يَفْعَلُ اللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنتُمْ﴾
[النِّسَاء 147]
މާނައީ: "ތިޔަބައިމީހުން ﷲގެ (ނިޢުމަތްތަކަށް) ޝުކުރުކޮށް އީމާންވެއްޖެ ނަމަ، ތިޔަބައިމީހުންނަށް ޢަޛާބު ދެއްވުމުގައި އެ އިލާހަށް އޮތީ ކޮންފައިދާއެއްހެއްޔެވެ؟"
ޝުކުރުވެރިވުމަކީ (ނިޢުމަތް) އިތުރުވުމުގެ ސަބަބެއް.
﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ﴾
[ إِبرَاهِيم 07]
މާނައީ: “އަދި ތިޔަބައިމީހުންގެ ރައްބު އަންގަވާ އިޢުލާނު ކުރެއްވިހިނދު ހަނދުމަކުރާށެވެ! ތިޔަބައިމީހުން ޝުކުރުކޮށްފި ނަމަ، ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ."
ޝުކުރުވެރިވުމަކީ އާޚިރަތުގައި މަތިވެރިވެގެންވާ އަޖުރު ލިބޭނެ ކަމެއް.
﴿وَسَنَجْزِي الشَّاكِرِينَ﴾
[آل عِمرَان 145]
މާނައީ: "އަދި ޝުކުރުވެރިންނަށް ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ."
ޝުކުރުވެރިންގެ ތެރެއިން ވާނީ ކިހިނެއް؟
ޝުކުރުވެރިންގެ ތެރެއިން ވުމަށް ބަޔާންވެ ދިޔަ ޝުކުރުކުރުމުގައި ހިމެނޭ ތިން ރުކުން ފުރިހަމަ ކުރުން.
އަދި މީސްތަކުންގެ ތެރެއިން ތިބާއަށް ހެޔޮކޮށް ކަންތައް ކޮށްދޭ މީހުންނަށް ޝުކުރުވެރި ވެގެންނެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«مَنْ لَا يَشْكُرُ النَّاسَ لَا يَشْكُرُ اللَّهَ»[3]
މާނައީ: "މީސްތަކުންނަށް ޝުކުރުނުކުރާ މީހަކު، ﷲއަށް (ވެސް) ޝުކުރުވެރި ނުވާނެއެވެ."
ތިބާއަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކާ މެދު ވިސްނާ ފިކުރުކުރުން.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ﴾
[النَّحل 78]
މާނައީ: "އަދި ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ޙާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުން ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. ދެން އެ އިލާހު ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، (ކަންފަތާއި ލޮލާއި) އަދި ހިތްލެއްވިއެވެ. އެއީ ތިޔަބައިމީހުން ޝުކުރުވެރިވޭތޯއެވެ!"
ﷲ ތަޢާލާއަށް ތަޤުވާވެރިވެ، އެ އިލާހަށް ކިޔަމަންތެރިކަން އަދާކުރުން.
އެ އިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ﴾
[آل عِمرَان 123]
މާނައީ: "އަދި ހަމަކަށަވަރުން ބަދުރު ހަނގުރާމައިގައި، ﷲ ތިޔަބައިމީހުންނަށް ނަޞްރު ދެއްވިއެވެ. އެއީ ތިޔަބައިމީހުން ނިކަމެތިވެފައިވަނިކޮށެވެ. ފަހެ ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އެއީ ތިޔަބައިމީހުން ޝުކުރުކުރުމަށް ޓަކައެވެ."
ﷲ ތަޢާލާ ތިބާއަށް ދެއްވާ މިންވަރަށް ހިތްހަމަޖެހި ރުހުން.
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«كُنْ قَنِعًا، تَكُنْ أَشْكَرَ النَّاسِ»[4]
މާނައީ: "(ލިބޭ މިންވަރަށް) ރުހި ހިތްހަމަ ޖެހޭ މީހަކަށް (ތިބާ) ވާށެވެ. (އޭރުން) އެންމެ ޝުކުރުވެރިވާ މީހުންގެ ތެރެއިން ތިބާ ވާނެއެވެ."
ޝުކުރުގެ ސަޖިދަކުރުން.
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«إِذَا جَاءَهُ أَمْرُ سُرُورٍ أَوْ بُشِّرَ بِهِ خَرَّ سَاجِدًا شَاكِرًا لِلَّهِ»[5]
މާނައީ: "އަދި އޭނާއަށް އުފާވެރި ނުވަތަ ހެޔޮ ކަމެއް ދިމާވެއްޖެ ނަމަ، ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން އޭނާ ސަޖިދައަށް ތިރިވެއެވެ."
މުޞީބާތްތަކާ އެކު ކެތްތެރިކަމަށް ވުރެ، ޝުކުރުވެރިކަމާ އެކު ޢާފިޔަތު ހެޔޮކަން ބޮޑުވެގެންވެއެވެ.
މުޠައްރިފު ބުނު ޢަބްދުﷲ رَحِمَهُ اللهَ ވިދާޅުވެފައިވެއެވެ.
ޝުކުރުވެރިވުމަކީ މިހާ މަތިވެރިވެގެންވާ ކަމަކަށްވާ އިރު، އަޅުގަނޑުމެންގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަންނަނިވި ދުޢާ ކުރުން ގިނަކުރުން ހުއްޓެވެ. އެކަލޭގެފާނު މި ފަދައިން ދުޢާކުރައްވާ ކަމުގައި ވިއެވެ.
«اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ»[8]
މާނައީ: "ޔާﷲ! އިބަ އިލާއަށް ޝުކުރުވެރިވުމަށާއި، ހެޔޮގޮތުގައި އަޅުކަންކުރުމަށް މި އަޅާއަށް ވާގިވެރިވެވޮޑިގަންނަވާނދޭވެ!"
މަޞްދަރު: މިއީ އަޅުގަނޑުމެންގެ އުސްތާޛަކު ދެއްވި ދަރުސެއްގެ ދިވެހި ތަރުޖަމާއެވެ.
[1] تيسير الكريم الرحمن 1/928
[2] أخرجه البخاري (4836)، ومسلم (2819)
[3] أخرجه أبو داود (4811)، والترمذي (1954) واللفظ له، وأحمد (7504)
[4] أخرجه الترمذي (2305)، وأحمد (8095) بعضه في أثناء حديث، وابن ماجه (4218) باختلاف يسير، والطبراني في ((مسند الشاميين)) (385) واللفظ له.
[5] أخرجه أبو داود (2774)، وابن ماجة (1394)، والحاكم (1025) باختلاف يسير.
[6] الجامع - معمر بن راشد (253/11)
[8] أخرجه أبو داود (1522)، والنسائي (1303)، وأحمد (22126) بلفظه.
