އަޑުއަހައިފީމެވެ. އަދި ކިޔަމަންވެއްޖައީމެވެ.
ނަޡީމް ނިޡާމް•4 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
އައްޝައިޚް އިބްނު ޢުޘައިމީން رَحِمَهُ اللهُ ވިދާޅުވިއެވެ.
"ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަމުރުފުޅެއް އަޑުއިވިއްޖެ ނަމަ، މުސްލިމަކު ބުނުމަށް ވާޖިބުވެގެން ވަނި މި ފަދައިންނެވެ. "އަހަރެމެން އަޑުއަހައިފީމެވެ. އަދި އަހަރެމެން ކިޔަމަންވެއްޖައީމެވެ." އަދި އެ މީހަކަށް ކުޅަދާނަވެގެންވީ މިންވަރަކުން، އެ އަމުރަކަށް ކިޔަމަން ވާށެވެ. ﷲ އެއްވެސް ނަފުސަކަށް، އެ ނަފްސަކަށް ކުޅަދާނަކަން ލިބިގެންވާ ކަމަކަށް މެނުވީ ތަކުލީފު ނުޖައްސަވައެވެ.
މީސްތަކުންގެ ތެރެއިން ވަރަށް ގިނަ މީހުން މިހާރު ބުނެއެވެ. ހަމަކަށަވަރުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ މިވެނިކަމަކަށް އަމުރު ކުރައްވާފައި އެބައޮތެވެ. ވުމާ އެކު އެ ކަމަކީ ވާޖިބެއްތޯއެވެ؟ ނުވަތަ އެއީ ސުންނަތެއްތޯއެވެ؟
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ކަމަކަށް އަމުރުކުރައްވައިފި ނަމަ، ތިބާ އެ ކަމެއް ކުރާށެވެ. ތިބާގެ މައްޗަށް ވާޖިބުވެގެން ވަނީ މިފަދައިންނެވެ. އެ ކަމަކީ ވާޖިބު ކަމެއްކަމުގައި ވެއްޖެ ނަމަ، ތިބާގެ ކިބައިން އެ ޛިންމާ ކެނޑުނީއެވެ. އަދި އެ ކަމަކީ ސުންނަތް ކަމެއްކަމުގައި ވެއްޖެ ނަމަވެސް ތިބާއަށް ހެޔޮކަމެއް ލިބުނީއެވެ.
އެކަމަކު އެއީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯ ސުވާލުކޮށް އަދި މީގެ ޖަވާބު ލިބެންދެން އެ ކަމެއް ނުކޮށް ހުރުމަކީ ހަމަ ޔަޤީނުން ވެސް ކަންނެތް ވެގެންވާ، ހެޔޮ ކަންކަމަށް ލޯބި ނުކުރާ އަދި ހެޔޮ ކަންކަން އިތުރު ވުމަށް ލޯބި ނުކުރާ މީހަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ."
މަޞްދަރު: شرح رياض الصالحين لابن عثيمين (322/2)
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ. މި ބާވަތުގެ އިތުރު ލިޔުންތައް