ސުވަރުގެ ދެއްވުމަށާއި، ނަރަކައިން މިންޖުކޮށްދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

ނަޡީމް ނިޡާމް•4 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން
ސުވަރުގެ ދެއްވުމަށާއި، ނަރަކައިން މިންޖުކޮށްދެއްވުމަށް އެދި ކުރެވިދާނެ ބައެއް ދުޢާ

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

«اَللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، وَأَعُوْذُ بِكَ مِنَ النَّارِ»

މާނައީ: "ޔާﷲ! ސުވަރުގެ ދެއްވުމަށާއި، ނަރަކައިން ރައްކާތެރިކޮށްދެއްވުމަށް އެދި، އިބަ އިލާހުގެ ޙަޟްރަތުގައި މި އަޅާ ދަންނަވަމެވެ!"

﴿رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ﴾

މާނައީ: "އަޅުގެ ވެރި ރައްބެވެ! އިބަ އިލާހުގެ ޙަޟްރަތުގައި، ސުވަރުގޭގައި މި އަޅާއަށް ޓަކައި ގެއެއް ބިނާކޮށްދެއްވާނދޭވެ!"

رَبِّ﴿أَلْحِقْنِي بِالصَّالِحِينَ﴾، ﴿وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ﴾، ﴿وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ﴾

މާނައީ: "އަޅުގެ ވެރި ރައްބެވެ! ޞާލިޙުންގެ ތެރެއިން މި އަޅާ ލައްވާނދޭވެ! އަދި އެހެން މީހުންގެ ތެރޭގައި މި އަޅާއަށް، ރިވެތިވެގެންވާ ޘަނާ ލައްވާނދޭވެ! އަދި ނިޢުމަތްތަކުގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން މި އަޅާ ލައްވާނދޭވެ!"

﴿رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا﴾

މާނައީ: "އަޅަމެންގެ ވެރި ރައްބެވެ! ނަރަކައިގެ ޢަޛާބު އަޅަމެންނާ ދުރުކުރައްވާނދޭވެ! ހަމަކަށަވަރުން އޭގެ (އެބަހީ ނަރަކައިގެ) ޢަޛާބަކީ (އެތާނގެ އަހުލުންނާއި) ވަކިނުވެ އަބަދަށް ހުންނަ އެއްޗެކެވެ."

اَللَّهُمَّ رَبَّ جَبْرَائِيْلَ وَمِيْكَائِيْلَ، وَرَبَّ إِسْرَافِيْلَ، أَعُوْذُ بِكَ مِنْ حَرِّ النَّارِ، وَمِنْ عَذَابِ الْقَبْرِ.

މާނައީ: "ޔާﷲ! ޖިބްރީލްގެފާނާއި، މީކާއިލްގެފާނާއި، އިސްރާފީލްގެފާނުގެ ވެރި ރައްބެވެ! ނަރަކައިގެ ހޫނުންނާއި، ކަށްވަޅުގެ ޢަޛާބުން ރައްކާތެރި ކޮށްދެއްވުމަށް އިބަ އިލާހުގެ ޙަޟްރަތުގައި އެދެމެވެ!"

މަޞްދަރު: ١٠٠ دعاء من الكتاب والسنة الصحيحة.

4 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް