ސަޖިދައިގައި ޤުރުއާނުގައިވާ ދުޢާގެ އާޔަތްތައް ކިޔޭނެތަ؟

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ފުރަތަމައީ: ސަޖިދައިގައި އަދި ރުކޫގައި ޤުރުއާން ކިޔެވުމަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ނަހީކުރައްވާފައިވާކަމެކެވެ.
އިބްނު ޢައްބާސް رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«أَلَا وَإِنِّي نُهِيتُ أَنْ أَقْرَأَ الْقُرْآنَ رَاكِعًا أَوْ سَاجِدًا، فَأَمَّا الرُّكُوعُ فَعَظِّمُوا فِيهِ الرَّبَّ عَزَّ وَجَلَّ، وَأَمَّا السُّجُودُ فَاجْتَهِدُوا فِي الدُّعَاءِ، فَقَمِنٌ أَنْ يُسْتَجَابَ لَكُمْ»[1]
މާނައީ: "ދަންނާށެވެ! ރުކޫޢުގައާއި ސަޖިދައިގައި ޤުރުއާން ކިޔެވުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރައްވަމެވެ. ފަހެ، ރުކޫގައި ތިޔަބައިމީހުންގެ ރައްބު عَزَّ وَجَلَّ މަތިވެރި ކުރާށެވެ. އަދި ތިޔަބައިމީހުން ސަޖިދައިގައި ދުޢާ ކުރުމުގައި ގަދަ އަޅާ މަސައްކަތް ކުރާށެވެ. އެހެނީ ސަޖިދައިގައި ކުރާ ދުޢާ އިޖާބަކުރެއްވުން ގާތްވެގެންވެއެވެ."
ޢަލީ ބުން އަބީ ޠާލިބު رَضِيَ اللهُ عَنْهُ ވިދާޅުވެފައިވެއެވެ.
«نَهَانِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّ أَقْرَأَ رَاكِعًا أَوْ سَاجِدًا»[2]
"ރުކޫޢުގައި އަދި ސަޖިދައިގައިވާ ޙާލު ޤުރުއާން ކިޔެވުން ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތިމަންކަލޭގެފާނަށް ނަހީކުރެއްވިއެވެ."
ރުކޫޢުގައި އަދި ސަޖިދައިގައި ޤުރުއާން ކިޔެވުން މަކްރޫހަކަމުގައި ޢިލްމުވެރިން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.[3]
މި ކަމުގެ ޙިކުމަތެއްގެ ގޮތުގައި ބުނެވެއެވެ.
ނަމާދުގައި އެންމެ މަތިވެރި ރުކުނަކީ ޤިޔާމުގައި ހުރުމެވެ. އަދި އެންމެ މަތިވެރި ޛިކުރަކީ ޤުރުއާނެވެ. ދެ މަތިވެރިކަންތައް (ނަމާދުގައި ޤިޔާމުގައި ހުރުމާއި ޤުރުއާން ކިޔެވުން) އެކީގައި ލެއްވިއެވެ. އަދި އިތުރު މަޤާމެއްގައި ޤުރުއާން ކިޔެވުން ނަހީކުރެއްވިއެވެ. އެއީ (ނަމާދުގެ) އިތުރު ޛިކުރުތަކާއި ޤުރުއާން ކިޔެވުން ހަމަހަމަވެގެންވާކަމުގައި ހީވިޔަނުދިނުމަށް ޓަކައެވެ.[4]
އަދި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ޤުރުއާނަކީ އެންމެ މާތް ބަސްފުޅެވެ. އެހެނީ އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އަދި ރުކޫޢުގައާއި ސަޖިދައިގައި އޮންނަ ޙާލަތަކީ އަޅާއަށް ނިކަމެތި ޙާލަތެކެވެ. ވުމާ އެކު މި ދެ ޙާލަތުގައި ﷲ ތަޢާލާގެ ކަލާމްފުޅު ނުކިޔެވުން އެއީ އެންމެ އަދަބުވެރި އަދި ރަނގަޅު ގޮތެވެ.[5]
ދެވަނައީ: ސަޖިދައިގައި ދުޢާކުރުމުގެ ޤަޞްދުގައި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާއެއް ކިޔުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެއީ ޤުރުއާން ކިޔެވުމެއް ނޫނެވެ.
މިޘާލަކަށް ޤުރުއާނުގައި ވާރިދުވެފައިވާ އަންނަނިވި ދުޢާ، ދުޢާކުރުމުގެ ޤަޞްދުގައި ސަޖިދައިގައި ކިޔުމަކުން އެއްވެސް މައްސަލައެއް ނެތެވެ.
﴿وَمِنْهُم مَّن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾
[البَقَرَة 201]
މާނައީ: "އަޅަމެންގެ ރައްބެވެ! ދުނިޔޭގައި ވެސް ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!"
އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى»[6]
މާނައީ: "ހަމަކަށަވަރުން ޢަމަލު ބިނާވެގެން ވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ އެ މީހަކު ނިޔަތް ގަތް ކަމެކެވެ."
އައްޒަރްކަޝީ ވިދާޅުވެފައިވެއެވެ.
ޤުނޫތުގައި ޤުރުއާނުގެ ބައެއް އާޔަތް ކިޔުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.[8]
އައްނަވަވީ ވިދާޅުވެފައިވެއެވެ.
މިއީ ދުޢާކުރުމުގެ ޤަޞްދުގައި އާޔަތްތައް ކިޔައިފި ނަމައެވެ.[10]
މަޞްދަރު: الإسلام سؤال وجواب.
[1] أخرجه مسلم (479)، وأبو داود (876)، وأحمد (1900) واللفظ لهم.
[2] أخرجه مسلم (480)، وابن حبان (1895)، وأبو عوانة في ((المستخرج)) (8541) واللفظ لهم جميعا.
[3] المجموع شرح المهذب (411/3)، والمغني (181/2)
[4] عون المعبود وحاشية ابن القيم (91/3)
[5] مجموع الفتاوى (338/5)
[6] أخرجه البخاري (1)، وأبو داود (2201) بلفظه تامًا، ومسلم (1907) باختلاف يسير تامًا.
[7] الموسوعة الفقهية الكويتية (54/33)
[8] تحفة المحتاج (61/2)
[9] الأذكار (ص590)
[10] الفتوحات الربانية شرح الأذكار النووية لابن علان (308/2)
[11] فتاوى اللجنة الدائمة - المجموعة الأولى (443/6)
