ރޯދަވީއްލުން ދިނުމުގެ މާތްކަން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ޒައިދު ބުނު ޚާލިދު އަލްޖުހަނީ ވިދާޅުވިއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
« مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ، غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا»[1]
މާނައީ: "ރޯދަވެރިއަކަށް ރޯދަވީއްލުމެއް ދީފި މީހަކަށް، ރޯދަވެރިޔާއާ އެއްފަދަ އަޖުރު ހުއްޓެވެ. އެއީ ރޯދަވެރިޔާގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމަކާއި ނުލައެވެ."
ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ.
މީހުންނަށް ކާންދިނުމަކީ ސަލަފުންގެ ބޭކަލުން ވަރަށް ބޮޑަށް ސަމާލުކަންދެއްވި ކަމެކެވެ. އަދި އެއީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައި އެބޭކަލުން ދެކެވަޑައިގެންނެވިއެވެ.
ބައެއް ސަލަފުންގެ ބޭކަލުން ވިދާޅުވެފައިވެއެވެ.
ސަލަފުންގެ ބޭކަލުންގެ ތެރެއިން ގިނަ ބޭކަލުން، އެބޭކަލުންގެ ރޯދަވީއްލުން އެހެން ބޭކަލުންނަށް ޓަކައި ދޫކޮށްލައްވައެވެ. އޭގެ ތެރޭގައި ޢަބްދުﷲ ބުނު ޢުމަރު رَضِيَ اللهُ عَنْهُمَا، ދާވޫދު އައްޠާއީ، މާލިކު ބުނު ދީނާރު އަދި އަޙްމަދު ބުނު ޙަންބަލް ހިމެނިވަޑައިގަންނަވައެވެ. އަދި އިބްނު ޢުމަރު، ޔަތީމުންނާއި، މިސްކީނުންނާ އެކު މެނުވީ ރޯދަނުވީއްލަވައެވެ.
އަދި ސަލަފުންގެ ބޭކަލުން ރޯދައަށް ހުންނަވާ ޙާލު އެބޭކަލުންގެ އަޚުންނަށް ކާންދިނުމާއި ޚިދުމަތް ކުރެއްވުމުގައި ތިއްބަވައެވެ. އޭގެ ތެރޭގައި އަލްޙަސަނު އަދި އިބްނުލް މުބާރަކު ހިމެނިވަޑައިގަންނަވައެވެ.
އަބޫ އައްސިވާރު އަލްޢަދަވީ ވިދާޅުވެފައިވެއެވެ.
މީސްތަކުންނަށް ކާންދިނުމުގެ އަޅުކަމަކީ އޭގެ ސަބަބުން ގިނަ އެހެން އަޅުކަންތަކަކަށް މަގުފަހިކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ކާއެތި ދެވޭ މީހުންނާމެދު ލޯތްބާއި ރަޙްމަތްތެރިކަން އުފެދުން ހިމެނެއެވެ. ފަހެ މީގެ ސަބަބުން ސުވަރުގެ ވަނުމަށް މަގުފަހިވެގެންދެއެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا»[3]
މާނައީ: "ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކުއަނެކަކު ދެކެ ލޯބި ވެއްޖައުމަށް ދާންދެން އީމާންވިކަމުގައި ނުވާނެއެވެ."
އަދި ހަމަ އެހެންމެ ޞާލިޙުންނާއި އެއް މަޖިލީހެއްގައި އިށީނުމާއި އަދި ތިބާގެ ކާތަކެތިން ލިއްބައިދޭ ބާރުގެ ސަބަބުން އެމީހުންނަށް އަޅުކަންތައްތައް ކުރުމުގައި ވާޤިވެރިވެ، އެކަމުން ތިބާއަށް އަޖުރު ޙާޞިލުވުން ހިމެނެއެވެ.
މަޞްދަރު: الإسلام سؤال وجواب.
