ރޭގަނޑު މީހުން ނިދާފައިތިބޭ ވަޤުތު ޤުރުއާން ކިޔެވުމުގެ މަތިވެރިކަން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ޤުރުއާން ކިޔަވާ މީހާއަށް ޤުރުއާން ޝަފާޢަތްތެރިވާނެކަމަށް ޞައްޙަ ޙަދީޘުން ޘާބިތުވެގެންވެއެވެ. ޢަބްދުﷲ ބުނު ޢަމްރު رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ، يَقُولُ الصِّيَامُ: أَيْ رَبِّ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ، فَشَفِّعْنِي فِيهِ، وَيَقُولُ الْقُرْآنُ: مَنَعْتُهُ النَّوْمَ بِاللَّيْلِ، فَشَفِّعْنِي فِيهِ»، قَالَ: «فَيُشَفَّعَانِ»[1]
މާނައީ: "ޤިޔާމަތް ދުވަހުން ރޯދައާއި ޤުރުއާން އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ބުނާނެއެވެ. އޭ ރައްބެވެ! ދުވާލުގެ ވަޤުތު ކެއުމާއި ޝަހުވަތުން ތިމަންނަ އޭނާއަށް މަނާކުރީމެވެ. އޭނާއަށް ޓަކައި ތިމަންގެ ޝަފާޢަތް ލައްވާނދޭވެ. އަދި ޤުރުއާން ބުނާނެއެވެ. އޭ ރައްބެވެ! ތިމަންނަ އޭނާއަށް ރޭގަނޑުގެ ނިދި މަނާކުރީމެވެ. އޭނާއަށް ޓަކައި ތިމަންގެ ޝަފާޢަތް ލައްވާނދޭވެ."
ރޭގަނޑު ޤުރުއާން ކިޔެވުމުގެ ނިޢުމަތަކީ، ކޮންމެ މުސްލިކަމު ވެސް އެ ނިޢުމަތަކަށް އެދެންވާނެ ނިޢުމަތެއްކަމުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«لاَ حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ عَلَّمَهُ اللَّهُ القُرْآنَ، فَهُوَ يَتْلُوهُ آنَاءَ اللَّيْلِ، وَآنَاءَ النَّهَارِ، فَسَمِعَهُ جَارٌ لَهُ، فَقَالَ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالًا فَهُوَ يُهْلِكُهُ فِي الحَقِّ، فَقَالَ رَجُلٌ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ»[2]
- ﷲ މީހަކަށް ޤުރުއާން އުނގަންނަވައި ދެއްވައި، އެ މީހަކު ރެޔާއި ދުވާލު އެ ޤުރުއާން ކިޔަވައެވެ. ދެން އެ އަޑު އަވަށްޓެރިއަކަށް އިވުމުން ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށް ވެސް ލިބޭނެ ނަމަ، ކޮންފަދަ ހެއްޔެވެ.
- އަދި ﷲ މީހަކަށް މުދާ ދެއްވައި، އެ މީހަކު ޙައްޤުގޮތުގައި އެ މުދާ ހޭދަކުރެއެވެ. ދެން މީހަކު ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށް ވެސް ލިބޭނެ ނަމަ ކޮންފަދަ ހެއްޔެވެ."
ރޭގަނޑުގެ ވަޤުތު ޤުރުއާން ކިޔެވުމަކީ ޣާފިލުކަމުން މިންޖުކޮށްދޭނެ ކަމެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«مَنْ قَرَأَ عَشْرَ آيَاتٍ فِي لَيْلَةٍ لَمْ يُكْتَبْ مِنَ الْغَافِلِينَ»[4]
މާނައީ: "ރޭގަނޑު ދިހަ އާޔަތް ކިޔަވައިފި މީހަކު ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ."
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
«مَنْ حَافَظَ عَلَى هَؤُلَاءِ الصَّلَوَاتِ الْمَكْتُوبَاتِ لَمْ يُكْتَبْ مِنَ الْغَافِلِينَ، وَمَنْ قَرَأَ فِي لَيْلَةٍ مِائَةَ آيَةٍ كُتِبَ مِنَ الْقَانِتِينَ»[5]
މާނައީ: "ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެއްޖެ މީހާ، ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ. އަދި ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހަކު ކިޔަމަންތެރިވީ އަޅުންގެ ތެރެއިން ލިޔުއްވޭ ހުއްޓެވެ."
ތަޤްވާވެރިން ޞިފަކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ.
﴿كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ١٧﴾، ﴿وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾
[الذَّارِيَات 18،17]
މާނައީ: "އެބައިމީހުން ނިދާއުޅުނީ ރެގަނޑުން ވަރަށް ކުޑަ ވަޤުތުކޮޅެއްގައެވެ. އަދި ހާރުދަމު ވަޤުތުގައި ފާފަފުއްސެވުމަށް އެދި އެބައިމީހުން ދުޢާ ކުރެއެވެ."
މަޞްދަރު: الإسلام سؤال وجواب.
[1] رواه أحمد (6626)، وصححه الألباني في جامع الصغير برقم (3882)
[2] أخرجه البخاري (5026)، وأحمد (10214)، وأبو عوانة في "المستخرج" (4301) باختلاف يسير.
[3] ނޯޓު: ޙަސަދައިގެ ވައްތަރުތަކެއް ވެއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ޙަރާމްވެގެންވާ ޙަސަދައަކާއި އަދި މުސްތަޙައްބުވެގެންވާ ޙަސަދައެކެވެ. ދީނުގައި ޙަރާމްވެގެންވާ ޙަސަދައަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް އޭނާގެ ކިބައިގެން ފިލައިގެން ދިއުމަށް އެދުމެވެ. ދީނުގައި މުސްތަޙައްބު ވެގެންވާ ޙަސަދައަކީ އެހެން މީހެއްގެ ކިބައިގައި ހެޔޮކަމެއް ފެނުމުން، އޭނާގެ ކިބައިން އެ ނިޢުމަތެއް ފިލައި ދިއުމަށް އެދުމަކާއި ނުލައި، ތިމާގެ އަމިއްލަ ނަފުސަށް އެ ނިޢުމަތެއް ލިބުމަށް އެދުމެވެ. މި ޙަސަދަ އަށް ކިޔާ ނަމަކީ "އަލްޣިބްޠާ"އެވެ. ބަޔާންވެ ދިޔަ ޙަދީޘްގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ޙަސަދައަކީ ވެސް މިއީއެވެ. [الموسوعة الحديثية، شروح الأحاديث (64965)]
[4] رواه الحاكم (2041)، وقال: "صحيح على شرط مسلم"، وقال الألباني في صحيح الترغيب والترهيب (640)، صحيح لغيره.
[5] رواه ابن خزيمة في صحيحه (1142)، والحاكم (1160)، واللفظ له وقال: "صحيح على شرط الشيخين"، وصححه الألباني في صحيح الترغيب والترهيب (640)
