ޛުލްޤަޢިދާ މަހުގެ ބައެއް ފައިދާތައް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
މިއީ ޛުލް ޤަޢިދާ މަހާއި ގުޅޭ ބައެއް ފައިދާތަކުގެ ޚުލާޞާއެކެވެ. މީގެ ފައިދާ މި އަޅާއަށާއި، މި ލިޔުން ކިޔާ ކޮންމެ މީހަކަށް މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމެވެ.
ޛުލްޤަޢިދާ މަހަކީ ހިޖުރީ އަހަރުގެ އެގާރަވަނަ މައްސަރެވެ. އަހަރުގެ ތެރޭގައި ޖެހިޖެހިގެން އަންނަ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ފުރަތަމަ މައްސަރެވެ.
އެއީ ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އޭގެ ފަހުގައި ރަޖަބެވެ. ﷲ ތަޢާލާ ވަޙީކުރައްވާފަވެއެވެ.
﴿إِنَّ عِدَّةَ الشُّهُورِ عِندَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ﴾
[التَّوبَة 36]
މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެ ތެރެއިން، ހަތަރު މަސް، ޙުރުމަތްތެރިވެގެންވެއެވެ."
ނަބިއްޔާ صَلَّىٰ الله عَلَيْهِ وَسَلَّمَ ޙަދީތް ކުރައްވާފައިވެއެވެ.
«إِنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبٌ شَهْرُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ»[1]
މާނައީ: "ހަމަކަށަވަރުން އިހު ހުރިގޮތަށް ޒަމާންތައް ވަނީ އެނބުރި އައިސްފައެވެ. އެއީ ﷲ، އުޑާއި ބިން ޚަލްޤުކުރެއްވި ދުވަހު ހުރިގޮތަށެވެ. އަހަރެއްގައި ބާރަ މައްސަރެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެން އަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް މަހެވެ. އަދި ޖުމާދާއާއި ޝަޢްބާންމަހުގެ ދެމެދަށް އަންނަ މުޟަރުގެ މަސް، ރަޖަބު މަހެވެ."
ޙުރުމަތްތެރިވެގެންވާ މި މައްސަރުތަކަކީ ﷲގެ ޙަޟްރަތުގައި ވަރަށް މަތިވެރި މައްސަރުތަކެކެވެ. މި މައްސަރުތަކުގައި ނަފުސަށް އަނިޔާވެރިވުން ﷲ ތަޢާލާ ވަނީ ނަހީކުރައްވާފައެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.
﴿فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ﴾
[التَّوبَة 36]
މާނައީ: "ފަހެ، ތިޔަބައިމީހުން އެ މައްސަރުތަކުގައި (އެބަހީ ޙުރުމަތްތެރިކުރެވިގެންވާ މައްސަރުތަކުގައި) ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިނުވާހުށިކަމެވެ."
އަދި މި މައްސަރުގައި ކުރާ ނުބައިކަންތައްތަކުގެ ފާފަ އެހެނިހެން މައްސަރުތަކުގައި ކުރާ ފާފަތަކަށް ވުރެ ބޮޑުވެގެންވެއެވެ.
އެއީ މި މައްސަރުގެ މަތިވެރިކަމުންނާއި ﷲގެ ޙަޟްރަތުގައި މި މައްސަރުގެ ޙުރުމަތުގެ ބޮޑުކަމުންނެވެ. ޤަތާދާ ވިދާޅުވެފައިވެއެވެ.
ޛުލް ޤަޢިދާ މަހަކީ ޙައްޖު މައްސަރުތަކުގެ ތެރެއިންވާ މަހެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿الْحَجُّ أَشْهُرٌ مَّعْلُومَاتٌ﴾
[البَقَرَة 197]
މާނައީ: "ޙައްޖުގެ ވަޤުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ."
އިބްނު ޢުމަރު رَضِيَ اللهُ عَنْهُمَا ވިދާޅުވިއެވެ.
ޙުރުމަތްތެރިވެގެންވާ މައްސަރުތައް މަތިވެރިކުރުމާއި، އެ މައްސަރުތަކުގެ ޙުރުމަތް ނުކެނޑުން، މުސްލިމު އަޅާގެ މައްޗަށް ވާޖިބުވެގެންވެއެވެ.
މި މައްސަރުތަކުގައި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައިނުދިއުމާއި، ފަރުޟުތަކަށް ރައްކާތެރިވުމާއި ﷲ އާއި އެ އިލާހުގެ ރަސޫލާ صَلَّىٰ الله عَلَيْهِ وَسَلَّمَގެ އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންތެރިވުމާއި، ނަފުސަށް އަނިޔާވެރިވުމުން ދުރުހެލިވުން ހިމެނެއެވެ.
ނަބިއްޔާ صَلَّىٰ الله عَلَيْهِ وَسَلَّمَއަށް ތަބަޢަވުމުގެ ގޮތުން ޛުލް ޤަޢިދާ މަހު ޢުމްރާވުން މުސްތަޙައްބުވެގެންވެއެވެ.
ނަބިއްޔާ صَلَّىٰ الله عَلَيْهِ وَسَلَّمَ ހަތަރު ޢުމްރާ ވެވަޑައިގަތެވެ. އަދި ހަތަރު ޢުމްރާ ވެސް ވެވަޑައިގެންނެވީ ޛުލްޤަޢިދާ މަހުއެވެ.
ޛުލްޤަޢިދާ މަހު ކުރާ ޢުމްރާގެ އަޅުކަން އެހެން މައްސަރު ކުރާ ޢުމްރާގެ އަޅުކަމަށްވުރެ މާތްވެގެންވެއެވެ.
އެއީ ރަމަޟާންމަސް ފިޔަވައެވެ. ނަމަވެސް ބައެއް ސަލަފުންގެ ބޭކަލުން ޛުލްޤަޢިދާ އަދި ޝައްވާލްމަހު ކުރާ ޢުމްރާ ރޯމަޟާންމަހު ކުރާ ޢުމްރާގެ މައްޗަށް މަތިވެރި ކުރައްވައެވެ. މީގެ ތެރޭގައި އިބްނު ޢުމަރު އަދި ޢާއިޝާ رَضِيَ اللهُ عَنْهُمْ އަދި ޢަޠާއު رَحِمَهُ اللهُ ހިމެނިވަޑައިގަންނަވައެވެ.[4]
ޛުލްޤަޢިދާ މަހުގައި ރޯދަހިފުން ސުންނަތްވެގެންވެއެވެ.
އެއީ ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވާފައިވާ މައްސަރަކަށް ވާތީއެވެ. އެހެންނަމަވެސް އިތުރު މާތްކަމެއް ނުވަތަ އަޖުރު އިތުރު ވެދާނެކަމަށް ޤަބޫލުކުރުމަކާއި ނުލައެވެ. ސަލަފުންގެ ބައެއް ބޭކަލުންގެ އަރިހުން މި މައްސަރު ރޯދަ ހިއްޕެވިކަމަށް އައިސްފައިވެއެވެ. މީގެ ތެރޭގައި އިބްނު ޢުމަރު رَضِيَ اللهُ عَنْهُمَا، ޙަސަނުލް ބަޞްރީ އަދި ސުފްޔާނުއް ޘައުރީ رَحِمَهُمَا اللهُ ހިމެނިވަޑައިގަންނަވައެވެ.[5]
ޞުލްޙުލް ޙުދައިބިއްޔާ ހިނގާފައި ވަނީ ވެސް ހިޖްރީގޮތުން 6 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގައެވެ.[6]
ﷲ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا﴾
[الفَتح 01]
މާނައީ: "ފާޅުވެ ބަޔާންވެގެންވާ ފަތަޙައަކުން، ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ."
އަނަސް رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. މި އާޔަތް ބާވައިލެއްވުނީ ޞުލްޙުލް ޙުދައިބިއްޔާ އާއި ގުޅޭގޮތުންނެވެ.[7] އަދި ގިނަ ތަފްސީރު ޢިލްމުވެރިންގެ ބަހަކީ ވެސް މިއީއެވެ.[8] (ބައްލަވާ: تفسير البغوي 7/296 وابن كثير 7/325)
މަޞްދަރު: ١٥ فائدة في شهر ذي القعدة للشيخ محمد صالح المنجد.
[1] أخرجه مسلم (1679)، وأحمد (20386)، وابن حبان (5974) باختلاف يسير تامًا.
[2] تفسير الطبري (238/14)، وتفسير ابن كثير (148/4)
[3] علقة البخاري في صحيحيه (141/2) بصيغة الجزم.
[4] ބައްލަވާ: لطائف المعارف لابن رجب ص259
[5] ބައްލަވާ: لطائف المعارف لابن رجب ص119، والموسوعة الفقهية (95/28)
[6] ބައްލަވާ: السيرة النبوية لابن هشام (308/2)
[7] رواه البخاري.
[8] ބައްލަވާ: تفسير البغوي (296/7)، وابن كثير (325/7)
