ދުޢާ އިޖާބަވުމުގެ އެންމެ މަތިވެރި ސަބަބު

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ދުޢާ އިޖާބަވުމުގެ އެންމެ މަތިވެރި ސަބަބަކީ މާތް ﷲއަށް ތަޤުވާވެރިވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ﴾
[المائدة 27]
މާނައީ: "ހަމަކަށަވަރުން ﷲ ޤަބޫލުކުރައްވަނީ ތަޤުވާވެރިންގެ ކިބައިންނެވެ."
މީގެ އިތުރުން ޙަލާލު ރަނގަޅު ގޮތުގައި ހޯދާ އާމްދަނީއިން ކައިބޮއި ހެދުމާއި ޙަލާލު ތަކެތިން އުނުއޮރިޔާން ނިވައިކުރުން ހިމެނެއެވެ. ސަޢްދު رَضِيَ اللهُ عَنْهُއަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ.
"ހަމަކަށަވަރުން ﷲ ޤަބޫލުކުރައްވަނީ ތަޤުވާވެރިންގެ ކިބައިންނެވެ."[1]
އަދި ދުޢާކުރާ އިރު އަތް އުފުލުމާއި ދުޢާ އިޖާބަކުރެއްވުން ގާތް ވަޤުތުތަކާއި ތަންތަނާ ޙާލަތްތައް ދެނެގަތުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ބައްލަވާ: فتاوى اللجنة الدائمة - المجموعة الثانية 217/2
[1] المعجم الأوسط للطبراني 6495
