ފާފަވެރިޔާ ކުރާނީ ކޮން ދުޢާއެއް؟

ނަޡީމް ނިޡާމް•1 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން
ފާފަވެރިޔާ ކުރާނީ ކޮން ދުޢާއެއް؟

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ސ
ފާފަވެރިޔާ ކުރާނެ ދުޢާއަކާއި ބެހޭގޮތުން ސަލަފުންގެ ބައެއް ބޭކަލުންނާ ސުވާލު ދެންނެވުނެވެ. ފަހެ (ޖަވާބުގައި) އެ ބޭކަލުން ވިދާޅުވިއެވެ.
ޖ
އެ މީހުން ކިޔާނީ އެ މީހުންގެ ބައްޕާފުޅު އާދަމް އަދި މަންމާފުޅު ޙައްވާ (عَلَيهِمَا السَّلَامُ) ވިދާޅުވި ދުޢާއެވެ.

﴿رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَي﴾

[الأعراف 23]

މާނައީ: "އަޅަމެންގެ ވެރި ރައްބެވެ! އަޅަމެންގެ އަމިއްލަ ނަފުސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމެވެ. އަދި އަޅަމެންނަށް އިބަ އިލާހު ފާފަނުފުއްސަވައިފި ނަމަ، އަދި ރަޙުމަތްނުލައްވައިފި ނަމަ، އަޅަމެން ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ!"

އަދި މޫސާ (عَلَيهِ السَّلَامُ) ވިދާޅުވި ދުޢާއެވެ.

﴿رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي﴾

[القصص 16]

މާނައީ: "އަޅުގެ ރައްބެވެ! ހަމަކަށަވަރުން މި އަޅާ މި އަޅާގެ އަމިއްލަ ނަފުސަށް އަނިޔާވެރި ވެއްޖައީމެވެ. ފަހެ މި އަޅާއަށް ފާފަފުއްސަވާނދޭވެ!"

އަދި ޔޫނުސް (عَلَيهِ السَّلَامُ) ވިދާޅުވި ދުޢާއެވެ.

﴿لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾

[الأنبياء 87]

މާނައީ: "އިބަ އިލާހު މެނުވީ އަޅުކަންވެވުން ޙައްޤު އެހެން އެއްވެސް އިލާހަކު ނުވެއެވެ. އިބަ އިލާހު ހުސްޠާހިރުވަންތައެވެ. ހަމަކަށަވަރުން މި އަޅާ މި ވަނީ އަނިޔާވެރިންގެ ތެރެއިންނެވެ."

ބައްލަވާ: المحرر الوجيز في تفسير الكتاب العزيز (131/1)

35 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް