ނަބިއްޔާ ﷺއާއި ރަމަޟާން މަސް

ނަޡީމް ނިޡާމް•1 އޮކްޓޫބަރު 2026•1 މިނެޓުގެ ކިޔުން
ނަބިއްޔާ ﷺއާއި ރަމަޟާން މަސް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ރަމަޟާންމަހުގައި އެކަލޭގެފާނު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަޅުކަމުގެ އެކި ވައްތަރުތައް ގިނަކުރައްވައި އުޅުއްވިއެވެ. ޖިބްރީލުގެފާނު (ކޮންމެ) ރަމަޟާންމަހަކު އެކަލޭގެފާނަށް (ކީރިތި) ޤުރުއާން މުދާރަސާކޮށްދެއްވައި (އެބަހީ މުރާޖަޢާކޮށްދެއްވައި) އުޅުއްވިއެވެ. އަދި ޖިބްރީލުގެފާނު އެކަލޭގެފާނާ ބައްދަލުކުރައްވައިފި ނަމަ، (ވިއްސާރަ ވިލާގަނޑަކައިގެން) ފޮނުވޭ ވައިރޯޅިއަކަށް ވުރެ ވެސް، ހެޔޮކަންކަން ކުރެއްވުމުގައި އެކަލޭގެފާނު ދީލަތި ވެވަޑައިގަންނަވައެވެ.

މީސްތަކުންގެ ތެރޭގައި އެންމެ ދީލަތި ބޭކަލަކީ އެކަލޭގެފާނެވެ. އަދި އެކަލޭގެފާނު އެންމެ ބޮޑަށް ދީލަތި ވެވަޑައިގަންނަވަނީ ރަމަޟާންމަހުއެވެ. އެކަލޭގެފާނު އެ މައްސަރުގައި (އެބަހީ ރަމަޟާންމަހު) ޞަދަޤާތްދިނުމާއި، (މީސްތަކުންނަށް) އިޙްސާންތެރިވުމާއި، (ކީރިތި) ޤުރުއާން ކިޔެވުމާއި، ނަމާދުކުރުމާއި، ޛިކުރުކުރުމާއި، އިޢުތިކާފަށް އިންނެވުން އިތުރުކުރައްވައެވެ. އެކަލޭގެފާނު އެހެން އެއްވެސް މައްސަރެއްގައި އަޅުކަންކުރެއްވުމަށް ޚާއްޞަކަމެއް ނުދެއްވާ މިންވަރަށް، ރަމަޟާންމަހު އަޅުކަންކުރެއްވުމަށް ޚާއްޞަކަމެއް ދެއްވައި އުޅުއްވިއެވެ.

ބައްލަވާ: اللؤلؤ المكنون في سيرة النبي المأمون 2/‏325

20 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.